އީސީގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުރުކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަމުރުކޮށްފި އެވެ.
ކޮމިޝަނުގެ މެންބަރުންނަށް ވަކިވަކިން ފޮނުވި އަމުރުގައި ބުނެފައިވަނީ މާދަމާ މެންދުރުފަހު 2:00 ޖަހާއިރު ކޯޓަށް ހާޒިރުވުމަށެވެ.
ކޮމިޝަނުގެ މެންބަރުން ކޯޓަށް ހާޒިރުކުރަނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސުޕްރީމް ކޯޓުގެ އަމުރުތަކާ ހިލާފަށް ކަންކަން ކޮށް ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ވާހަކަތައް ކޮމިޝަނުން ދައްކަމުންދާތީ ކަމަށް އަމުރުގައި ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވަނީ ލިޔުމުގައި ބުނެފައިވަނީ ވަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބާއްވާފައިވާ ނިއުސް ކޮންފަރެންސް ތަކުގައި ސުޕްރީމް ކޯޓު ކޮންޓެމްޕްޓް ވާގޮތަށް ވާހަކަދައްކާފައިވާތީ ކަމަށެވެ. އަދި ކުދި ޕާޓީތައް އުވިގެން ދިޔުމާ ގުޅިގެން އެ ކޯޓުން ކޮށްފައިވާ އަމުރަށް އަމަލުކޮށްފައި ނުވުމުގެ އިތުރަށް މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް ޗެލެންޖުކޮށް ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ގަސްދުގައި އަމަލުތައް ބަހައްޓަމުން އަންނަ ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ