އިސްތިއުފާ ނުދެއްވުމުން އަލީ ވަހީދު ވަޒީރުކަމުން ވަކިކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގައި ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން އޭނާ މިއަދު މަގާމުން ވަކިކުރައްވައިފި އެވެ.މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ޢަލީ ވަޙީދު ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީއަށް ހުހަޅާފައެވެ. އަދި އެކަމާ ގުޅިގެން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް އަންގަވާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަލީ ވަހީދު މަގާމުން ވަކިކުރުމާ އެކު ޓޫރިޒަމް މިނިސްޓްރީ ހިންގުން މިހާރު ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއާ ހަވާލުކުރައްވައިފަ އެވެ. ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ޖެންޑާ މިނިސްޓްރީ އާއި ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އަދި ހާމައެއްނުުރެ އެވެ.މަގާމުން އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން، އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހަގީގަތް ހާމަވާނެ ކަމަށާއި ގައުމަށް ކޮށްދެއްވުނު ޚިދުމަތްތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ.ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް ވިދާޅުވެ، އަލީ ވަހީދު ޓުވީޓްގައި ހިމަނާފައި ފޮޓޯގައި ވަނީ "މިދުވަސް ވެސް ހިނގައިދާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ