ސުޕްރީމް ކޯޓު ބަދަލުކުރަން މަދު ހަފުތާކޮޅެއް، ރޭޕިސްޓު ހައްޔަރުކުރަން އެތައް ދުވަހެއް: ކެޕްޓަން އިހުސާން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ހޭދަވީ މަދު ހަފުތާތަކެއް ކަމުގައާއި ރޭޕިސްޓެއް ހައްޔަރުކުރަން އެތައް ދުވަހެއް ފާއިތުވަމުންދާ ކަމުގައި ސިފައިންގޭގެ ކުރީގެ ކެޕްޓަނެއް ކަމުގައިވާ ކެޕްޓަން ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. އިހުސާން މިފަދައިން ވިދާޅުވީ ހުޅުމާލޭ ފަޅުގައި އަޅާފައިވާ ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕުކުރި ކަމުގެ ތުހުމަތުވާ ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކުރުމަށްފަހު ދޫކޮށްލި މައްސަލައާ ގުޅިގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުން އަންހެންމީހާ ރޭޕުކުރަން އުޅުނު ކަމުގެ ބަދަލުގައި ތުހުމަތުވަނީ އަންހެން މީހާއާމެދު ޖިންސީ ގޯނާގެ ޢަމަލެއް ހިންގި ކަމުގައެވެ. އަދި މިމައްސަލާގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާ "މިހާރު" ނޫހަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ އޭނާ ރޭޕުކުރަން ޝައްކުވާ ދެ މީހުން ނޫޅޭ ކަމުގައެވެ. އޭގެ ބަދަލުގައި އެއިން މީހަކު އޭނާގެ ހަށިގަނޑުގައި ބީހުނު ކަމުގައިވެސް އޭނާ ބުނެފައިވެއެވެ. ކެޕްޓަން އިހުސާނު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަކީ ދައުލަތުގެ ތިން ބާރު އެކުވެގެން ހިމެނިގެން ކުރާ ކަމަކަށްވެފައި އެކަމުގައި މަދު ހަފުތާކޮޅެއް ހޭދަވިއިރު، ރޭޕިސްޓެއް ހައްޔަރުކުރަން އެތައް ދުވަހެއް ހޭދަވުމަކީ ވެގެންވާނެ ގޮތެއް ނޫން ކަމުގައެވެ. އަދި ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރަން މަފު ހަފުތާކޮޅެއް ހޭދަވިއިރު އެއީ ތަހުގީގުކުރުމާއި ގޮތް ނިންމުމާއި ފަނޑިޔާރުން ވަކިކުރުމުގެ އިތުރަށް އައު ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް އެކީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުުރަށް އިހުސާނުވަނީ ރޭޕިސްޓެއް ހައްޔަރުކުރަން ގިނަ ދުވަސް ހޭދަވާތީ ކަންބޮޑުވުން ފާޅުކުރައްވައި ދައުލަތުގެ ކަމާ ބެހޭ ހުރިހާ އިދާރާއަކުން އެކަމުގައި އަވަހަށް ފިޔަަވަޅު އެޅުމަށް ގޮވާލައްވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ