ސުޕްރީމް ކޯޓުގެ އެސްޖީ ވަޒީފާ އިން ވަކި ކުރަން މަސައްކަތް ކުރާ މައްސަލަ ބަލަނީ

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކިކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެކަން ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެސްޖީ މަސައްކަތަށް ހުރަސްއަޅުއްވާ، ޑިޕާޓްމެންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން އާ އެއްވެސް މުއާމަލާތްކޮށްފިނަމަ، ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީ ދެއްވާކަމަށް ބަޔާންކޮށް ޖޭއެސްސީއަށް ސިޓީ އަކުން ހުށައަޅާފައިވާކަމަށެވެ.
އަދި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަން ނިންމާފައިވަނިކޮށް، މި ހަފްތާގައި ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލް ޑރ. ޙުސައިން ފާއިޒް ވަޒީފާއިން ވަކި ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާތީ އެ މައްސަލަ އެ ކޮމިޝަންގެ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
މީގެ އިތުރުން ޖޭއެސްސީން ވަނީ، އެ ކޮމިޝަންގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ޑީޖޭއޭ އިން ޤާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތަށް ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށާއި، ޤާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ