އަންނިގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސައިފި

30: 16
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ރަނިންމޭޓަކަށް ގައުމީ އިއްތިހާދުގެ ޗެއާޕާސަން އަދި އެމްޑީޕީގެ ހިޔަނި ކެބިނެޓްގެ ކުރީގެ މެމްބަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހަމަޖައްސައިފި އެވެ.
ޑރ. ވަހީދަކީ އެމްޑީޕީގެ ހިޔަނި ކެބިނެޓްގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރު ކަމުގެ މަގާމުގައި އުޅުއްވުމަށް ފަހު 2006ގެ ޖޫން މަހުގެ ތެރޭގައި ޕާޓީން އިސްތިއުފާ ދެއްވާފައިވާ ބޭފުޅެކެވެ.
އަންނި އޭނާގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖެއްސެވިކަން އިއުލާންކުރެއްވީ މިއަދު ހަވީރު އެމްޑީޕީ ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި އެމްޑީޕީ އާއި ގައުމީ އިއްތިހާދާ އެކު ކޯލިޝަން ހެދުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރުން އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ