ރައީސް މައުމޫން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރް މުހަންމަދާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.
މި ވަގުތު މެލޭޝިޔާ އަށް ވަޑައިގެން ހުންނެވި ރައީސް މައުމޫން މަހާތީރާ ބައްދަލުކުރެއްވީ، މައުމޫން ފައުންޑޭޝަންގެ ޗެއާމަންގެ ހައިސިއްޔަތުން ކަމަށް މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ. މި ބައްދަލުކުރެއްވުމުގައި، މައުމޫން ފައުންޑޭޝަންގެ މަގުސަދުތަކާއި އެ ފައުންޑޭޝަނުން ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށްޓަކައި ކުރަމުން އަންނަ އިޖްތިމާއީ ހިދުމަތްތަކުގެ މައުލޫމާތު ރައީސް މައުމޫން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް އެރުއްވި ކަމަށް ބަޔާނުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ