ހަސަންޓޭ ބަލިކޮށް އަލިފުށި ދާއިރާގެ ރައީސަކަށް ބިގޭ
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ރައީސްކަން އެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ކާމިޔާބު ކުރައްވައިފި އެވެ. ބިގޭ އެ ގޮނޑި ކާމިޔާބު ކުރައްވައިފައިވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ) ބަލިކުރުމަށްފަހުއެވެ. މަޖިލިސް ދެ މެންބަރުންގެ ކުރިމަތިލެއްވުން ބިގޭ ކާމިޔާބު ކުރައްވައިފައިވާއިރު، އޭނާއަކީ ރައިސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ފަރާތެކެވެ. މަޖިލީހުގެ ތެރެއިން ރައީސް ސޯލިހު ބޭނުންފުޅުވެލައްވާ ކަންކަމުގައި ބިގޭ ވަކާލާތު ކުރައްވާ ކަމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތުހުމަތު ކޮށްފައެވެ. ބިގޭއާ ވާދަކުރެއްވި ހަސަންޓޭއަކީ އަލިފުއްޓަށް އުފަން މީހެކެވެ. އަދި ހަސަންޓޭ ފާހަގަކުރެވިފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ފަރާތެއްގެ ގޮތުގައެވެ. ތަފްސީލް އަންނަނީ.....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ