އަންނަ މަހުން ފެށިގެން ހުރަވީ ސްކޫލް ދެ ދަންފަޅިއަށް

ހުޅުމާލޭގައި ހުންނަ އެންމެ ބޮޑު ސްކޫލް ކަމުގައިވާ ހުރަވީ ސްކޫލް އަންނަ މަހުން ފެށިގެން ދެ ދަންފަޅިއަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އަންނަ މަހު 2022-2021ގެ ދެވަނަ ޓާމު ފެށޭއިރު ސްކޫލް އެއް ދަންފަޅިއަށް ބަދަލު ކުރަނީ ހުޅުމާލޭގެ އާބާދީ ބޮޑުވުމުން ކަމަށް ހުރަވީ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވިއެވެ. ހުރަވީ ސްކޫލަކީ 132 މިލިޔަން ރުފިޔާ ހަރަދުކޮށް، އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެ މަގުސަދުގައި އެޅި ސްކޫލެކެވެ. ދެހާސް ނަވާރަ ވަނަ އަހަރު އެ ސްކޫލް ހުޅުވައިދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ. "މި ސްކޫލު ފަރުމާ ކުރެވިފައި ވަނީ ވަށާ ޖެހޭ ތައުލީމީ ނިޒާމަކަށް އެކަށޭނެ ގޮތަކަށް. ވަސީލަތްތަކުގެ ގޮތުގައި އާއި ޖާގާއިގެ ގޮތުން މިއީ އެއް ދަންފަޅިއަށް ކިޔަވާދެވޭ ގޮތަށް އަށް ޖަޒީރާ ސްކޫލެއް ހިންގުމަށް ފައްކާ ކުރެވިފައިވާ ސުކޫލެއް،" ސްކޫލް ހުޅުވައިދެއްވަމުން ރައީސް ވިދާޅުވިއެވެ. ރާއްޖޭގައިވެސް މިހާތަނަށް އަޅާފައިވާ އެންމެ ބޮޑު ސްކޫލް ކަމަށްވާ ހުރަވީ ސްކޫލުގައި މިހާތަނަށް ކިޔަވައި ދެމުން ދިޔައީ އެއް ދަންފަޅިއަށެވެ. އެހެންކަމުން މިއީ އެ ސްކޫލް ދެ ދަންފަޅިއަށް ބަދަލު ކުރާ ފުރަތަމަ ފަހަރެވެ. އެއްހާސް ހަތްސަތޭކަ އެއްހާ ދަރިވަރުންގެ ޖާގައިގެ ހުރަވީ ސްކޫލުގައި 53 ކުލާސް ރޫމް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ