ކަރަންޓު ބިލް ބޮޑުވުމުން މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފި

އެންމެ ފަހުން މާލޭގެ ގެތަކަށް ލިބުނު ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާތީ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
Advertisement
ކަންބޮޑުވުން ފާޅުކުރައްވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މިމަހުގެ ކަރަންޓް ބިލަކީ މާލޭ ގިނަ ރައްޔިތުންނަށް ދެއްކޭ ވަރަށް ވުރެ ބޮޑު ބިލެއް ކަމަށެވެ. އަދި މިހާރު މިވަނީ ހާލުގައި އުޅޭ ރައްޔިތުން އިތުރަށް ހާލުގައި ޖެހޭގޮތްވެފައި ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުން އަތުގައި ނެތް ފައިސާއަކުން ބިލް ދައްކަން ޖެހިފައިވާ ކަމަށެވެ. ކަރަންޓް ބިލްތައް ބޮޑު ވެގެން މާލޭ ސިޓީ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު މާލޭ ސިޓީއަށް ކަރަންޓްގެ ހިދުމަތް ދޭ ސްޓެލްކޯއިން ބުނީ މިމަހުގެ ބިލްބޮޑު ކަމަށް ދައްކަނީ ސަބްސިޑީޒް ކަނޑާލެވިފައި ވާތީ ކަމަށެވެ. ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ސީއެންއެމްއަށް ވިދާޅުވީ ކުރީ މަސްމަހާ ޚިލާފަށް މިމަހުގެ ކަރަންޓުބިލުގައި ސަބްސިޑީޒް ހިމެނިފައި ނުވާނެކަމަށާއި، އެހެން ވުމުގެ ސަބަބުން ބިލް ބޮޑުހެން ހީވެދާނެ ކަމަށެވެ. އެކުންފުނީގެ ސްޓެޓިސްޓިކުން އާދަޔާ ޚިލާފްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.  މިމަހު ލިބުނު ކަރަންޓް ބިލްތައް ބޮޑުކަމުގެ ޝަކުވާ އާއްމުންގެ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ