ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް، ކަނޑުގަދަވެ ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ މޫސުން ކުރިއަށް އޮތް ފަސް ދުވަހު ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ މިއަންނަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމު ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ. އަދި ހޯމައާއި އަންގާރަ ދުވަހު އެކި ހިސާބަށް ކެރީގެ އަސަރު ކުރާނެ ކަމަށްވެސް މެޓްކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސް، ކަނޑުގަދަވެ ވިއްސާރަކުރާނެ: މެޓު އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން އިތުރުން ބުނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ބަލައި މޫސުމަށް ސަމާލުވާން އިލްތިމާސްކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ