މިއަދުވެސް މޫސުން ވަރަށް ގޯސް، ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް

މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ.އަތޮޅާއި ހަމައަށެވެ. މި އެލަރޓް މިއަދު މެންދުރު 2:00 ހަމައަށް ވަނީ ނެރެފައެވެ.
މިގަޑިތަކުގައި 25މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައިގަދާނެކަމަށް ވަނީ ލަފާކޮށްފައެވެ.
ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް މިއަދު މޫސުން ގޯސްވާނެއެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ.
ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާ 7 ފޫޓުގެ އުސްމިނުގައެވެ.
މެޓް އޮފީހާ ކަމާގުޅޭ އިދާރާތަކުން ދަނީ، އެލަރޓް ނެރެފައިވާ ވަގުތުތަކުގައި ކަނޑު ދަތުރުތަކަށް ނުނިކުތުމަށް އިލްތިމާސްކުރަމުންނެވެ. ޚާއްސަކޮށް ކުދި އުޅަނދުތައް ދަތުރަށް ނުނިކުރުމަށް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ