ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން މާދަމާ ބާއްވާ އިރު، އެ ގޮނޑިއަށް ވާދަކުރާ ތިން ޕާޓީންވެސް ފޯރިއާއެކު ކުރިއަށް ގެންދިޔަ ކެމްޕޭން ހަރަކާތްތައް ނިންމާލައިފި އެވެ.
މިއަދު ހަވީރު 6:00 ގައި ކެމްޕޭނު ހަރަކާތްތައް ނިންމާލާފައިވާއިރު، ހުރިހާ ޕާޓީއަކުންވެސް ތިބީ ގޮނޑި ޔަގީންކޮށްގެންނެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަބްދުﷲ ރިޔާޒު “ހަފްތާ” އަށް ވިދާޅުވީ، މި އިންތިހާބުގައި ވޯޓު ލެވޭ 3،000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 99 ޕަސަންޓު މީހުންނާ އެ ޕާޓީން ބައްދަލުކުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބޮޑު އަދަދެއް، އެ ޕާޓީއަށް ވޯޓު ލާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަހީދު “ހަފްތާ” އަށް ވިދާޅުވީ، މި އިންތިހާބުގައި މެޖޯރިޓީ ނަގާނީ އެ ޕާޓީން ކަމަށެވެ. އަދި އެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ނިންމާލައިފި, ތިން ޕާޓީއަށްވެސް ގަޮނޑި ޔަގީން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ