އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖާއެކު ޒަމާނާ އެއްގޮތަށް ފެނުގެ ބަންކަރިން ހިދުމަތް ދެވޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ މިފަދައިން ވިދާޅުވީ ވޯޓަރ ބަންކަރިންގ ޚިދުމަތުގައި ބޭނުންކުރާ ފެން ބާޖު ދައްކާލުމަށް ތިލަފުށީގައި އޮތް ހަރަކާތަށްފަހު ދެއްވި އިންޓަވިއުއެއްގައެވެ.
އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖު ދައްކާލުމަށްފަހު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވީ ބަންކަރިންގެ ހިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދިންއިރު އެމްޕީއެލުން ހުރިހާ ތައްޔާރީތައްވެފައި ނެތް ކަމަށެވެ.
އަދި އޭރު ހިދުމަތް ފޯރުކޮށްދިނީ ލޭންޑިން ކްރާފްޓެއްގައި ޕްލާސްޓިކް ހަން ބަހައްޓައިގެންކަމަށް ވަޖީޙް ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ނެރޭ ފެން ބާޖު ތައްޔާރުކުރީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އަދި އެ މަސައްކަތް ނިމުނީ 5 މަސް ދުވަހުގެ ތެރޭގައި ކަމަށާއި އެ ބާޖުގައި އެއްފަހަރާ 200 ޓަނުގެ ފެން ރައްކާ ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ބާޖު ވަރަށް އަވަހަށް އިހަވަންދިއްޕޮޅަށް ފޮނުވާނަން. މި ބަލަނީ އަންނަ ހަފްތާގައި ބާޖު ފޮނުވަން. މި ބާޖާއެކު ޒަމާނާ އެއްގޮތަށް ފެނުގެ ބަންކަރިން ހިދުމަތް ދެވޭނެ" ވަޖީޙް ވިދާޅުވިއެވެ.
އުތުރު މެރިޓައިމް ސަރވިސްއިން ފޯރުކޮށްދޭ ވޯޓަރ ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ފެން ބާޖް ތުރާކުނުގައި ބޭއްވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ތުރާކުނު ކައުންސިލާ ދެމެދު މިއަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއެއްބަސްވުމުގެ ދަށުން އުތުރުގައި ވޯޓަރ ބަންކަރިން ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ބޭނުންކުރާ ފެން ބާޖު ބާއްވާނީ ތުރާކުނުގައެވެ. އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ ފެން ބާޖު ތުރާކުނުގައި ބާއްވައި، އެ ބާޖް ރީފިލް ކުރުމުގެ މަސައްކަތްވެސް ކުރާނީ ތުރާކުނުގައި ކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަށް ބަންކަރިންގެ ހިދުމަތް ދިނުމަކީ ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި ފެން ބާޖާއެކު ފެނުގެ ބަންކަރިންގެ ހިދުމަތް ފުރިހަމައަށް ފޯރިކޮށްދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.
ފެންބާޖާއެކު ޒަމާނާ އެއްގޮތަށް ފެނުގެ ބަންކަރިންގ ހިދުމަތް ދެވޭނެ: އެމްޕީއެލްގެ ސީއީއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ