ކުޑަކުދިންނަށް ހާއްސަކޮށްގެން "ފަތުރުވެރި ހަވީރު" ބާއްވައިފި

މި ހަވީރުގައި މިނިސްޓްރީން އެކުލަވާލި ފޮތް "ފަތުރުވެރިކަމުގެ ދުވެލި 1" ވަނީ ނެރެފަ އެވެ. މި ފޮތް ނެރެދެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 52 ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ކުޑަކުދިންނަށް ހާއްސަކޮށްގެން "ފަތުރުވެރި ހަވީރު"ގެ ނަމުގައި އިވެންޓެއް ބާއްވައިފި އެވެ.
އިއްޔެ ބޭއްވި މި އިވެންޓްގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނާފައި ވަނީ ފަތުރުވެރިކަމުގެ މުސްތަގުބަލަށްޓަކައި ރާއްޖޭގެ ނާޒުކު ތިމާވެށީގެ މުހިއްމުކަން ތުއްތު ކުދީންނަށް އަންގައިދިނުމުގެ ތަފާތު ހަރަކާތްތަކެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ކަނޑުތަކާއި، ފަރުތަކުގެ ދިރުންތަކާއި އަދި ދިރިއުޅޭ މާހައުލު ޕްލާސްޓިކް އިން ސަލާމަތްކުރުމުގެ ބޭނުންތެރިކަންވެސް މި އިވެންޓްގެ ތެރެއިން ކުދިންނަށް ކިޔައިދީފައިވެ އެވެ. މި ކުޑަކުދިންގެ ހަވީރާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ މުސްތަގުބަލުގައި އެކުދިން މި ސިނާއަތް ބައްޓަން ކުރަން ނިކުންނަ އިރު، ރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ކަނޑު އަޑީގެ ހިތްގައިމު މުރަކައިގެ ބަގީޗާތަކާއި އަދި މި ނާޒުކު ތިމާވެށި ރައްކާތެރިކުރުމުގެ މުހިއްމުކަން އެކުދިންނަށް ވިސްނައިދީ ހޭލުންތެރި ކުރުވުމުގެ ބޭނުމުގައި ބޭއްވި އިވެންޓެއް ކަމަށެވެ.މި ހަވީރުގައި މިނިސްޓްރީން އެކުލަވާލި ފޮތް "ފަތުރުވެރިކަމުގެ ދުވެލި 1" ވަނީ ނެރެފަ އެވެ. މި ފޮތް ނެރެދެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލް އެވެ. މިއީ ހަފްތާ 52 ގައި ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ ކަންތައްތަކާއި އަދި މިހާރު ކުރަމުންދާ ކަންތައްތައް އަދި ކުރިއަށް ރޭވިފައިވާ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމުގެ ގޮތުން ނެރުނު ފޮތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި މޫދު ކުޅިވަރުތަކާއި މުހިންމު މައުލޫމާތު ދިނުމުގެ ހަރަކާތްތައް ހިންގާފައިވެ އެވެ. ސީހޮލިކްގެ ފަރާތުން އެތަނުގައި ފަން ޓިއުބް، ބަނާނާ ބޯޓު އަދި ޖެޓް ސްކީ ފަދަ މޫދު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ އިތުރުން ހާއްސަ ލަކީ ޑްރޯއެއް ވެސް ވަނީ ނަގާފަ އެވެ. އެއްވަނަ އިނާމަކަށް ދިނީ ތިމާވެށްޓާ ރައްޓެހި އާދަތަކަށް މަޝްހޫރު ކަންޑިމާ މޯލްޑިވްސްގައި ދެ މީހުންނަށް ދެ ރޭގެ ހުރުމެވެ. ދެވަނަ އިނާމަކަށް ދީފައި ވަނީ ސްޓޯން ހޮޓެލުގައި ދެ މީހުންނަށް ދެ ރޭގެ ހުރުމެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ