ރާއްޖެ ހުރަސްކޮށް ކޮޅިގަނޑެއް ދަތުރުކުރާތީ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް، ރާއްޖެ ހުރަސްކޮށް. އަރަބި ކަނޑަށް ޖެހެމުންދާތީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ބުނެފިއެވެ.
މެޓް އޮފީހުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު، ރާއްޖޭގެ އެކި ހިސާބުތަކަށް، ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިދިޔަ ހަފުތާގައި ވެސް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އެގޮތުން މާލެއަށް ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވެ 164 ގެއަކަށް ފެންގަނޑު ވަނުމުގެ ސަބަބުން ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް ރިޕޯޓުކޮށްފައެވެ.
މާލޭގެ އިތުރުންވިއްސާރައިގައި ގެއްލުން ލިބިގެން ވަނީ ފ. ނިލަންދޫ އާއި ކ. ގުރައިދޫ އާއި ލ. ގަމާއި ފޮނަދޫ އަދި ސ. މަރަދޫން ވެސް ރިޕޯޓު ކޮށްފައެވެ. އޭގެ ތެރެއިން ގުރައިދޫގެ 20 ގެއަކަށް ފެންވަދެފައިވާއިރު، ބެންވޮޑުވުމުގެ ސަބަބުން ތިން ގެއަކުން މީހުން އެހެން ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ