ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކި ރަށްތަކަށް ޖަނަރޭޓަރުތައް ގެންދަނީ

ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެކި ރަށްތަކަށް ޖަނަރޭޓަރުތައް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ވިދާޅުވީ 6 ރަށަކަށް ޖަނަރޭޓަރުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށެވެ.
ޖަނަރޭޓަރުތައް ފޮނުވާ ރަށްތަކާއި ތަފްސީލު:
1- 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހޯދައި، ހދ.ވައިކަރަދޫއަށް ދަތުރުކުރާ އުޅަނދަކަށް ވަނީ ބަރުކޮށްފައި2- ގދ.ހޯޑެއްދޫއަށް ބޭނުންވާ 400 ކިލޯވޮޓްގެ ޖަނަރޭޓަރު ހޯދައި، އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން3- ހއ. ދިއްދޫގެ 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ކަސްޓަމްސް ކްލިއަރެންސްގައި4- އައްޑުއަށް ބޭނުންވާ 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ކަސްޓަމްސް ކްލިއަރެންސްގައި5- ކުޅުދުއްފުއްޓަށް ބޭނުންވާ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ކަސްޓަމްސް ކްލިއަރެންސްގައި6- ރ.މީދޫއަށް ބޭނުންވާ 800 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރު ވެސް ކަސްޓަމްސް ކްލިއަރެންސްގައި
މުއާޒް ވިދާޅުވީ އުންމީދު ކުރަނީ ކުރިއަށް އޮތް 4-5 ދުވަހުގެ ތެރޭގައި މި ހުރިހާ ޖަނަރޭޓަރެއް ވެސް އެ ރަށްރަކުގައި ބެހެއްޓިގެންދާނެ ކަމަށެވެ.
ފެނަކައިން މި މަސައްކަތް ކުރަމުންދާއިރު މިއީ ހޫނުގަދަ ދުވަސްވަރަކަށް ވުމާއިއެކު މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހްމީ ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ