ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްފި

ހދ. ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެރަށަށް ކަރަންޓުގެ ޚިދުމަތްދޭން ފަށައިފިއެވެ.
މިދިޔަ ހޯމަ ދުވަހު ވައިކަރަދޫއަށް ކަރަންޓުގެ މައްސަލަ ދިމާވަާން ފެށިއިރު، މި މައްސަލަ ދިމާވަމުންދާތާ ހަފްތާއެއް ވަނީ ވެފައެވެ.
ފެނަކައިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހދ.ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށަށް 250 ކިލޯ ވޯޓުގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށަފައިވާ ކަމަށެވެ.
ކަރަންޓުގެ ހާލަތު ދަށް 06 ރަށެއް ފާހަގަކުރެވިފައިވާ އިރު، އޭގެ ތެރެއިން އެއް ރަށަކީ ހދ. ވައިކަރަދޫއެވެ. މީގެ އިތުރުން ދެން ކަރަންޓުގެ މައްސަލަ ޙައްލުކުރަން ޖެހިފައި ހުރި ރަށްތަކަކީ:
- ގދ. ހޯޑެއްދޫ: 400 ކިލޯ ވޯޓުގެ ޖަނަރޭޓަރު މިހާރު ހޯދާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ
- ހއ. ދިއްދޫ: 1000 ކިލޯ ވޯޓުގެ ޖަނަރޭޓަރު ކަސްޓަމުސް އިން ކްލިއަރ ކުރުމުގެ މަރުހަލާގައި
- އައްޑޫ ސިޓީ: 1000 ކިލޯ ވޯޓުގެ ޖަނަރޭޓަރު ކަސްޓަމުސް އިން ކްލިއަރ ކުރުމުގެ މަރުހަލާގައި
- ކުޅުދުއްފުށި ސިޓީ: 800 ކިލޯ ވޯޓުގެ ޖަނަރޭޓަރު ކަސްޓަމުސް އިން ކްލިއަރ ކުރުމުގެ މަރުހަލާގައި
- ރ. މީދޫ: 800 ކިލޯވޯޓުގެ ޖަނަރޭޓަރު ކަސްޓަމުސް އިން ކްލިއަރ ކުރުމުގެ މަރުހަލާގައި
މި ޖަނަރޭޓަރުތައް ކަސްޓަމްސް ކްލިއަރެންސް ނިމުނުހާ އަވަހަކަށް އެ ރަށްރަށަށް ފޮނުވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ