މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ "ޝަރަފުގެ ހިނގާލުން" މާދަމާ ހަވީރު

ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ ޝަރަފުގެ ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ބަންޑާރަކޮށިން ކަމަށެވެ.
މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެކަމަށާއި، ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
Advertisement
އެމްއެންޑީއެފްގެ "ޝަރަފުގެ ހިނގާލުން" ހުއްޓާ ސަރަހައްދު:
1) އަމީރު އަހުމަދު މަގު، ޕާކިންގ ޒޯން ކުރިމަތި
2) ސޯސަން މަގު ދިވެހި ބަހުގެ އެކަޑަމީ ކުރިމަތި
3) މަޖީދީމަގު / ޗާންދަނީ މަގު ހަތަރު އަނގޮޅި
4) މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމަތި
5) ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތި
މިއަހަރުގެ މިނިވަން ދުވަހުގެ ޝިއާރުގެ ގޮތުގައި ރައީސް ޑރ.މުޢިއްޒު ކަނޑައަޅުއްވާފައިވަނީ "ދިވެހިންގެ އަމިއްލަ ވަންތަކަން، ދިވެހިންގެ މިނިވަންކަން،" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ