ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އެބައޮތް: ރައީސް ސައުދީ ކިންގްސް ކަޕް: އިއްތިހާދު ބަލިކޮށް ހިލާލް ފައިނަލަށް ޓީވީ ޗެނަލްތަކަށް ގެއްލުންދޭން އުޅުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ ޗެމްޕިއަންސް ލީގު: ސެމީގެ ފުރަތަމަ ލެގުގައި ބ

ސައުދީ ކިންގްސް ކަޕް ސެމީފައިނަލުގެ ދެވަނަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރާއި އަލް ޚަލީޖް މިރޭ ބައްދަލުކުރާނެއެވެ.
މިރޭ މި ދެޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ޔަގީން ވާއިރު، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވަނީ އަލް ހިލާލް އެވެ. އަލް ހިލާލް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކުރީ ރޭ އަލް އިއްތިހާދާއި ބައްދަލުކޮށް 1-2 އިން މޮޅުވެގެންނެވެ.
އަލް ނަޞްރު އަދި އަލް ޚަލީޖް މިރޭގެ ކުރިމަތިލުމަށް ނުކުންނައިރު، މިއީ މި ދެ ޓީމު ކިންގްސް ކަޕްގެ ތާރީޚްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ސައުދީ ލީގުގައި މިހާތަނަށް މި ދެޓީމު ވަނީ 10 ފަހަރު ބައްދަލުކޮށްފައެވެ. އޭގެތެރެއިން 9 ފަހަރު އަލް ނަޞްރު މޮޅުވެފައިވާއިރު، އަލް ޚަލީޖް އަށް ނަޞްރުގެ މައްޗަށް ކުރި ހޯދައިފައިވަނީ އެންމެ ފަހަރަކުއެވެ. އަލް ނަޞްރުގެ މައްޗަށް އަލް ޚަލީޖުން ކުރީ ހޯދާފައިވަނީ 2016 ވަނަ އަހަރުގައެވެ. ތިން މެޗު އެއްވަރުވެފައިވެއެވެ.
އެންމެ ފަހުން އަލް ޚަލީޖް އަދި އަލް ނަޞްރު ބައްދަލުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ސައުދީ ލީގުގެ މެޗެއްގައެވެ. އެ މެޗު 1-0 އިން ކާމިޔާބު ކުރީ އަލް ނަޞްރުންނެވެ.
އަލް ނަޞްރު އަދި އަލް ޚަލީޖް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން 11:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ