ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަށް ސްކޫލަކާއި، ދެ ޕްރީ ސްކޫލް އެޅުމަށް ހަމަޖެހިފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.
ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ”ރާއްޖެ ޓްރާންސްޕޯޓް ލިންކް“ގެ ބަސް ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި، މަސައްކަތްތައް ފެށިއިރު، ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތައް އެތަނުން ލިބެން ނެތް ކަަމަށެވެ.
ނަމަވެސް ސަރުކާރުން މަސައްކަތް ކުރަން ފެށީ، ވީހާވެސް އަވަހަށް، އެ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ފޭސް ޓޫގައި އަށް ސްކޫލަކާއި، ދެ ޕްރީ ސްކޫލް އަޅަން ނިންމާފައިވާކަމަށް ވިދާޅުވެ، މިހާރު ކުރިއަށްދާ ސަލާހުއްދީން ސްކޫލްގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ހުޅުވޭނެ ވަރު ވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
“ އަދި މިހާރު ކުރިއަށްދާ ސަލާހުއްދީން ސްކޫލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި، ކުދިންނަށް ސްކޫލަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ 2 ސްކޫލް، އޮގަސްޓު މަހުގެ ތެރޭގައި ނިންމައި ހިދުމަތް ދެވޭވަރުވާނެ.“
ރައީސްގެ ވާހަކަފުޅުގައި، ފޭސް ޓޫގައި އަޅާފައިވާ ވަގުތީ ދެ މިސްކިތާއި، އަމިއްލަ ފަރާތަކުން އަޅާފައިވާ މިސްކިތެއް މިހާރުވެެސް ބޭނުން ކުރަމުން އަންނަކަން ފާހަގަކުރައްވައި، 3000 މީހުންގެ ޖާގައިގެ އިިތުރު މިސްކިތެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
”ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކަށް 3 ކްލިނިކަކާއި 3 ފާމަސީއެއްގެ ހިދުމަތް ދިނުމަށް ނިންމާފައިވޭ. އަދި އޭގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ސިއްހީ ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން އެގެންދަނީ ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން.“
ރައީސް އިތުރަށް ވިދާޅުވީ ހިޔާ ސަރަހައްދަށް ބޭނުންވާ އިތުރު ހިދުމަތްތައްވެސް އެބަ ހުރި ކަމަށެވެ.
ފޭސް ޓޫގައި އަށް ސްކޫލާއި ދެ ޕްރީ ސްކޫލް އެޅުމަށް ވަނީ ނިންމާފައި: ރައީސް ސޯލިހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ