ޒުވާނުންނަށް އަމާޒުކޮށްގެން މުއިއްޒު ފޯ އީ-ސްޕޯޓްސް ފަށައިފި
ޒުވާނުންނަށް އަމާޒުކޮށްގެން، ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ބާއްވަވާ "މުއިއްޒު ފޯ އީ-ސްޕޯޓްސް" މިއަދު ފަށައިފިއެވެ.މިއަދު ޗަންޕާ ހޮޓެލްގައި 15:00ގައި ފެށި މި މުބާރާތް މިރޭ 20:00އާ ހަމައަށް ކުރިއަށްދާނެއެވެ.ވީއާރް ސްޓޭޝަނެއް ގާއިމްކޮށްގެން ބާއްވާ މި އީ-ސްޕޯޓްސް މުބާރާތުގައި:32 ކުޅުންތެރިން ވާދަކުރިވަނަވަނައަށް އަންނަ މީހުންނަށް އަގުހުރި އިނާމްތަކެއް ވެސް ވަނީ ކަނޑައަޅާފަ އެއް ވަނައަށް އަންނަ ކުޅުންތެރިއަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭދެވަނައަށް ދާ މީހަކަށް އެންމެ ފަހުގެ ފީފާ ސީޑީގެ ވައުޗާއެއް ލިބޭމި މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް މުއިއްޒު ވަޑައިގަންނަވާނެއެވެ.ދެ ވަނަ ބުރުގެ އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު ރައީސާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ