ފަހުޒަމާނުގެ މިޢަލާމާތްތައް ވަށާލާފައި ނުވާ މީހަކު ނެތް! ވިސްނައި އެބަ ހޭލުންތެރިވަމުތަ؟

މީސްތަކުންނޭވެ! އަނބިންގެ ބަހަށް ހެއްލި މައިންނަށް އަނިޔާވެރިވުމާއި އެކުވެރިންނަށްވުރެ ބައްޕައިން ދުރުކޮށްލާ ދުވަސް އަންނާނެ ކަމާއި އެއީ ޤިޔާމަތްވުން ގާތްވެއްޖެ ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ. 
އަދި ކީއްހެއްޔެވެ؟ އެއްޖިންސުން ގުޅުން ހިންގުން ޢާންމުވުމާއި ފާޙިޝް ޢަމަލުތައް ކުރުން ޢާންމުވުމާއި ފިރިހެނުން އަންހެނުންފަދައިން ހެދުންލުމާއި އަންހެނުން ފިރިހެނުން ފަދައިން ހެދުންލުމާއި ހޯދުނު ގޮތަކުން ފައިސާ ހޯދަން ބޭނުންވުން ފަދަ ކަންކަމަކީވެސް ހަމަ ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ ޢަލާމާތްތަކެވެ. 
އަދި ފޭރާންލީ ނަމަވެސް ހަށިގަނޑު ނިވާނުކުރާ އަނހެނުން ގިނަވުމާއި ވަރިގިނަވުމާއި ކުއްލިމަރުވުން ގިނަވުމަކީވެސް ހަމަ ޤިޔާމަތްވުން ކައިރިވެއްޖެ ކަމުގެ ޢަލާމާތްތަކެވެ. 
މިފަދަ އެތައް ޢަލާމާތްތަކެއް ޢާންމުވެފައިވާއިރުވެސް އެކަންކަމަށް ވިސްނައިލެވޭހެއްޔެވެ؟ ކަންބޮޑުވާންވީ ޤިޔާމަތްވުން ކައިރިވާތީއެއް ނޫނެވެ. އެކަމަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ނަމަވެސް އަހުރެމެންނަށް ކުރެވޭނެ ކަމެއް އެބަ އެބައޮތެވެ. އެއީ މިފަދަ ޒަމާނެއްގައި ހޭލުންތެރިކަން އިތުރުކޮށް ދީނުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރުމެވެ. ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމެވެ. 
އެއްވެސް މީހަކީ މީސްތަކުންނަށް އަންނަ ބަދަލުތައް ހުއްޓުވޭނެ މީހަކު ނުހުންނާނެއެވެ. ނަމަވެސް އަމިއްލަ ނަފްސް ރައްކައުތެރިކުރުވިދާނެއެވެ. ތިމާއަކީ ޙަރާމް ކަންކަން ނުކޮށް ހުންނަން މަސައްކަތްކުރާ މީހަކަށްވެވިދާނެއެވެ. އެއިރުން އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ