ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހަކީ ޙައްޖު މަހުގެ 9ވަނަ ދުވަހެވެ. އެއީ އަންނަ އަންގާރަ ދުވަހެވެ. މިއީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު ދުވަސްއެވެ.
ޙައްޖުގެ އަޅުކަމުގައި މަޝާއިރުގައި ޙާޖީން 6 ދުވަސް ހޭދަކުރާނެއެވެ. ޙާއްޖުވެރިން މަޝާއިރުތަކުގެ އެންމެހާ އިންތިޒާމުތައް ހައްޖުވެރިންނަށް ވަރަށް ފުރިހަމައަށް ތައްޔާރުކުރަމުންދާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ އެންމެ ފަހުގެ ތައްޔާރީތަކަށް ކޯޕަރޭޝަންގެ ޓީމްތައް މިނާއާއި އަރަފާތުގައި މިވަގުތުވެސް ހަރަކާތްތެރިވަމުންދާކަމަށެވެ. ޝަކީލް ވިދާޅުވީ އެއްވެސް ޙައްޖުވެރިއަކު ތަފާތުކުރުމެއްނެތި، ކޮންމެ ޙާޖީއަކަށްވެސް އެންމެ ފުރިހަމަ ޚިދުމަތްތައް ދިނުމަކީ ޙައްޖު ކޯޕަރޭޝަނުގެ އެންމެ ބޮޑު ޢަމާޒުކަމަށާއި މަސައްކަތްތައް ދަނީ އެގޮތަށްކަމަށެވެ.
ޙައްޖުވެރިން މިނާއަށް ދަތުރު ފަށާނީ އާދިއްތަ ދުވަހުގެ ރެއެވެ. ޝަކީލް ވިދާޅުވީ އާއްމުގޮތެއްގައި އެންމެހާ ޙާޖީންގެ ޙާލުވެސް ރަނގަޅުކަމަށެވެ. ނަމަވެސް ރޯގާފަދަ ބައެއް ކުދިކުދި ޞިއްޙީ ކަންކަން ހުރިކަމަށެވެ.
"ޙައްޖަށް އިހުރާމު ބަނދެ، މައްކާއިން ޙައްޖުވެރިން އަޅުކަމަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭގަނޑު އިޝާ ނަމާދަށްފަހު، ކެއުމުގެ ކަންކަން ނިންމުމަށްފަހު. ބަސްތަކުގައި މިނާއަށް ދާނީ. ފަތިސް ވާންވާއިރަށް މިނާއަށް ދެވޭނެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
މިނާއާއި އަރަފާތުގެ ޓެންޓުތައް މިހާރު ވަނީ ޙައްޖުވެރިންނަށް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އެގޮތުން ކޮންމެ ހާޖީއަކަށް ސޯފާ ބެޑް ހުންނާނެއެވެ.
ޓެންޓުތައް ހުންނާނީ އޭސީކޮށްފައެވެ. އަދި މިއަހަރު މިނާގައި ފާހަނަތައްވެސް ވަނީ ފަސްގުނަ އިތުރުކޮށްފައެވެ. ކުރިން ވިއްސަކަށް ފާހަނަ ހުރިއިރު މިހާރު އެ ޢަދަދުވަނީ 60އަށްވުރެ އިތުރުކޮށްފައެވެ.
އަދި ކެއްކުމުގެ ކަންކަން ކުރިއަށްގެންދާ ބަދިވެސް ބޮޑުކޮށް، އިންތިޒާމުތައް މިއަހަރު ފުރިހަމައެވެ. ރާއްޖެއިން މިއަހަރު ޙައްޖަށް އައުމަށް ހަމަޖެހިފައިވާ ހުރިހާ ފަރާތްތައް އަންގާރަ ދުވަހުގެ ނިޔަލަށް، މައްކާއަށް ވަނީ އައިސްފައެވެ.
އަރަފާތު ދުވަހަކީ އަންގާރަ ދުވަހުއެވެ. އަދި މިއަހަރުގެ އަލްހާ ޢީދު ދުވަހަކީ ބުދަ ދުވަހެވެ. އައްޔާމުއް ތަޝްރީޤުގެ 3 ދުވަހަށް ފަހު، ޙައްޖުގެ މަޝާއިރު ނިންމާ ޙައްޖުވެރިން މައްކާއަށް އަންނާނީ އާދިއްތަ ދުވަހުއެވެ.
މިނާއަށް ދިއުމަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ، ކުރިއަށްދަނީ ފަހުގެ ތައްޔާރީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ