ބީއެމްއެލް ޑޮލަރު ޑެބިޓް ކާޑުން ވިޔަފާރިކޮށްގެން ހަފްތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް
ބީއެމްއެލްގެ ޑޮލަރު ކާޑުން ފައިސާގެ މުއާމަލާތްތައް ކޮށްގެން ކޮންމެ ހަފުތާއަކު 1،000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ. ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ ހަތް ހަފްތާގެ މުއްދަތަށް، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބޭންކުން ދޫކުރާ ޑޮލަރު ޑެބިޓް ކާޑަކަށް އަލަށް އެޕްލައިކުރާ ކަސްޓަމަރުންނަށެވެ. އަދި އެ ކާޑުން މަދުވެގެން 100 ޑޮލަރުގެ މުއާމަލާތް ކުރަންޖެހޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.ޑޮލަރު ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކޮށްގެންނާއި ސަބްސްކްރިޕްޝަންތަކަށް ފައިސާ ދައްކައިގެންނާއި ޓިކެޓް ނަގައިގެންނާއި ޑިޖިޓަލް ހިދުމަތްތަކަށް ފައިސާ ދައްކައިގެން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ