” ލޭ އެޕް” ގެ ނަމުގައި ލޭ ހަދިޔާ ކުރާ އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފި މަގުބޫލު ލިޔުންތައް ނާކާމިޔާބީގެ ތެރެއިން ފެނުނު ސާބިތުކަން: ސޮޑާގެ ސިޔާސީ ހިތްވަރު! އައްޑޫގެ މަގުތައް ގަރާޖުތަކުގެ ބަޔަކަށް, ކަމާއި ބެހޭ އިދާރާތައް ‘ލޯމަރާލައިގެން’ ގެއްލުނު އިޓަލީގެ ހަ

ލޭ ހަދިޔާކުރުމުގެ އާދަ ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަޒުމް ތަކުރާރުކުރައްވައި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ހަދިޔާކުރާ ފަރާތްތަކުން ކޮށްދޭ މަތިވެރި ހިދުމަތުގެ އަގު ވަޒަންކޮށް, އެފަރާތްތަކުގެ ދީލަތި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި ދީލަތި އެހީތެރިކަމުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، ކުއްލި ސިއްހީ ފަރުވާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް، އެންމެ ބޭނުންޖެހޭ ވަގުތުގައި ފަރުވާ ކަށަވަރުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ލޭގެ މުހިންމުކަމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމާއި، އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި، ގައުމީ ފެންވަރުގައި ކުއްލި ހާލަތްތަކަށް އޮންނަ ތައްޔާރީ ފެންވަރު ހަރުދަނާކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ ފަދަ، ރަށްތައް ފެތުރިފައިވާ ޖަޒީރާ ގައުމަކަށް، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ނުހަނު ބޮޑު ތަފާތެއް ގެނުވައިދޭނެ ކަމެއްކަން ފާހަގަކުރައްވަމުން، އެންމެހާ ދިވެހިންގެ ސިއްހަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެއްބައިވަންތަކަމާއި ފަރުދީ ޒިންމާގެ އާދަ އަށަގަންނުވައި އެކަން ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ވަނީ އެކަމަނާގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި މެސެޖެއް ހިއްސާކުރައްވާފައެވެ. މި މެސެޖުގައި އެކަމަނާ ވަނީ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އުންމީދު ގެނެސްދޭ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތިކަމުގެ އަގު ވަޒަންކުރައްވާފައެވެ.
ލޭ ހަދިޔާކުރާ ކޮންމެ ފަހަރެއްގެ ފަހަތުގައި އޯގާތެރިކަމުގެ ފުން އިޙްސާސްތަކެއް އެކުލެވިގެންވާކަން ފާހަގަކުރައްވަމުން، ނާޒުކު ޙާލަތްތަކުގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކަށް، ލޭ ހަދިޔާކުރާ ފަރާތްތަކުގެ މި އެހީތެރިކަމަކީ ބިރުވެރިކަމުގެ ބަދަލުގައި އުންމީދު އާކޮށްދޭ ކަމެއްކަން އެކަމަނާ ބަޔާންކުރެއްވިއެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އަބަދުވެސް ބޮޑެތި ކަންތައްތަކެއް ކުރުން ލާޒިމު ނޫންކަމާއި، އޯގާތެރިކަމުގެ ކުޑަކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްދެވިދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ