އޮސްޓްރޭލިޔާ ބަލިކޮށް އެމެރިކާއިން ގަދަ 32އިން ޖާގަ ހޯދައިފި

ފުރަތަމަ ހާފުގައި ބައިކޮޅަށް ވަން ލަނޑާއި އެލެކްސް ފްރޭމަން ޖެހި ލަނޑުން އޮސްޓްރޭލިޔާ 2-0 އިން ބަލިކޮށް އެމެރިކާއިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ރޭ ދަތުރުކޮށްފި އެވެ.
ގްރޫޕް ޑީގައި އެމެރިކާގެ ބާކީ އެއް މެޗު އޮއްވާ ގަދަ 32 ޓީމުގެ ތެރެއިން ޖާގަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައިގެންނެވެ. 
މިއީ 1930ގެ މުބާރާތުގެ ފަހުން ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުން އެމެރިކާ މޮޅުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
މިއަދު ހެނދުނު ތުރުކީ އާއި ޕެރަގުއޭ ކުޅޭ މެޗު ދެ ޓީމަށް ވެސް ވަރަށް މުހިންމެވެ. މި މެޗުން މޮޅުވާ ބަޔަކަށް ދެވަނަ ހޯދުމުގެ ފުރުސަތު ހުޅުވޭނެ އެވެ.
ފުރަތަމަ މެޗުގައި އެމެރިކާއިން ޕެރަގުއޭ 4-1 އިން ބަލިކުރުމާއި ރޭ ދެ ލަނޑު ޖެހުމުން މިހާތަނަށް އެވަނީ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ވޯލްޑް ކަޕެއްގައި އެމެރިކާއަށް މިހާތަނަށް އެންމެ ގިނައިން ޖެހިފައި ވަނީ، 1930 އާއި 2002ގައި، ހަތް ލަނޑެވެ. އެ އަދަދަށް ލަނޑު ހަމަކުރަން މިހާރު ބޭނުންވަނީ އެންމެ ލަނޑެކެވެ.
އެމެރިކާގެ ފަހު މެޗުގައި ވާދަކުރާނީ ތުރުކީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ