ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ. މި މަޤާމުތައް ހުސްވެފައިވަނީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.
ޖޭއެސްސީން މި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމަށްޓަކައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ ކައުންޓަރަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ވަނަވަރު، އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓާއެކު)، ޤާނޫނީ މަސައްކަތުގެ ތަޖުރިބާ ހާމަކޮށްދޭ ލިޔުންތައް، ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ އެއް ފޮޓޯ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހިމެނެއެވެ.
ޖޭއެސްސީން ފާހަގަކޮށްފައިވާ ގޮތުގައި، އެޕްލިކޭޝަން ހުށަހެޅުމަށް ދެ ގޮތެއް ހަމަޖައްސާފައިވެއެވެ. އެގޮތުން ފަހިރެސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅުމުގެ އިތުރުން، ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ސީދާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތުވެސް ލިބިގެންވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ