ވޯލްޑް ކަޕަށް ދިރާގުގެ "ފޯރިން ގުގުމާލާ" ކެމްޕެއިން ލޯންޗްކޮށްފި

މިރޭ ފަށާ ވޯލްޑް ކަޕަށް ހާއްސަކޮށް ދިރާގުގެ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކާއި ހާއްސަ އޮފާތައް ލިބޭ "ފޯރިން ގުގުމާލާ" ކެމްޕެއިން ތައާރަފްކޮށްފި އެވެ. 
އެ ކެމްޕެއިން ތައާރަފްކުރީ މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ދިރާގުގެ މާކެޓިން އެގްޒެކެޓިވް ސުހާ އަލީ ވިދާޅުވީ "ފޯރިން
ގުގުމާލާ" ކެމްޕެއިންއަށް ނަން ދީފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު، ސަޕޯޓުކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތް މަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް
ޖެހުމުން ކުރެވޭ ފޮނި އިހުސާސާއި ފޯރީގައި އެންމެން އެއް އަޑަކުން
ގުގުމާލާއިރު އެ ކުރެވޭ އުފާވެރި އިހްސާސްތަކުގެ މައްޗަށް ކަމަށެވެ.
އެހެންވެ، ދިރާގުގެ
މަގުސަދަކީ އެ ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އާ ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމާއި އުފާވެރި ވަގުތުތައް
ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. 
ދިރާގުން ލޯންޗްކުރި އެ ކެމްޕެއިންގެ ދަށުން ހާއްސަ ތިން ޕްރޮމޯޝަނެއް ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ: 
· ޖެހީ ލިބުނީ: އެއީ ކަސްޓަމަރުން
ސަޕޯޓުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު އެއް ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނުގައި ދިރާގު އެޕްގައިވާ "ޖެހީ ލިބުނީ" ބެނާއަށް ފިއްތާލުމަށްފަހު،
ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެ އެވެ. 
އެ ޕްރޮމޯޝަން ނިމޭއިރު، ލީޑާބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތަށް ޕީއެސް5
ސްލިމް 1ޓީބީ އާއި އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 އާއި 27 އިންޗީގެ 165ހަޒް
ކިއުއެޗްޑީ ކާވްޑް މޮނީޓަރެއް ލިބޭނެ އެވެ.
· އެމްޓީވީ މޯބައިލް އެޑް-އޮން –
ވީއާ26ޕާސް: އެ ޕްރޮމޯޝަންގެ ތެރެއިން ދިރާގުއެޕް މެދުވެރިކޮށް "ވީއާ26ޕާސް"
އެކްޓިވޭޓް ކުރުމަށްފަހު މީޑިއާނެޓްގެ އެމްޓީވީ މޮބައިލް އެޕް މެދުވެރިކޮށް މެޗުތައް
ވަގުތުން ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ ޕްރޮމޯޝަނުގައި ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް
ކަސްޓަމަރުންނަށް 275ރ. އަށް އެމްޓީވީގެ ހިދުމަތް ހޯދޭނެ އެވެ. އަދި އެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް 3ޖީބީ ޑޭޓާ ވެސް ހިލޭ ލިބޭނެ އެވެ. 
· 25ޖީބީ ފޯރި ބޯނަސް: އެ ޕްރޮމޯޝަންގެ ދަށުން ޕްރިޕެއިޑްގެ ވަކި ހާއްސަ އެޑް-އޮންތަކާއެކު
25ޖީބީ ފޯރި ބޯނަސް ލިބިގެންދާނެ ކަމަށާއި އަދި އެއީ 20ރ. އިން ފެށިގެން ލިބެން ހުންނާނެ އެޑް އޮންތަކެއް ކަމަށް ދިރާގުން ބުންޏެވެ. 
ދިރާގުން ދަނީ މިފަދަ އެކި ހަރަކާތްތަކަށް ހާއްސަކޮށް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ހިދުމަތްތައް ގެނެސް ދިނުމަށް އެފަދަ އެކި ޕްރޮމޯޝަންތައް ތައާރަފް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ