އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުންގެ އަދަދަށް 4 އަހަރުތެރޭ 65 ޕަސެންޓްގެ އިތުރުވުމެއް
މާލެ ސަރަހައްދުގައި އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުންގެ އަދަދަށް ހަތަރު އަހަރު ތެރޭ 65 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާ ކަމަށް، ސަރުކާރުގެ ދެ ހޮސްޕިޓަލެއްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މައުލޫމާތުތައް ހާމަވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި އެ ހޮސްޕިޓަލްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުންނެވެ. މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، ކުޑޫއަށް ފޮނުއްވި ސިޓީން އެނގޭ ގޮތުގައި، މިދިޔަ ހަތަރު އަހަރު ތެރޭގައި އިމާރާތްކުރުމުގައި އަނިޔާވި މީހުން ވަނީ އިތުރުވެފައެވެ. އެގޮތުން، 2022އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެފަދަ ހާދިސާތަކުގައި ޖުމުލަ 458 މީހުން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ފަރުވާ ހޯދިއެވެ. މި އަދަދުތައް އަހަރުން އަހަރަށް ގިނަވަމުން އަންނަކަން ވެސް ހިސާބުތަކުން އެނގެއެވެ. މެންބަރު ކުޑޫ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް އެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް، އިމާރާތްކުރުމުގެ ސައިޓުތަކުގެ ހާދިސާތަކުގައި އަނިޔާވެގެން އައިޖީއެމްއެޗުން އެންމެ ގިނައިން ފަރުވާ ހޯދީ 2024ގައެވެ. އަދި، ހުޅުމާލެ ހޮސްޕިޓަލުން އެ ފަރުވާ އެންމެ ގިނައިން ހޯދާފައި ވަނީ، މިދިޔަ އަހަރެވެ. މިދިޔަ ހަތަރު އަހަރު އެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދި މީހުންގެ ތަފުސީލަށް ބަލާއިރު: 2022ގައި 90 މީހުން 2023ގައި 87 މީހުން 2024ގައި އެ ފަރުވާ ހޯދީ، 132 މީހުން މިދިޔަ އަހަރު އިމާރަތްކުރުމުގައި އަނިޔާވެގެން 149 މީހުން ފަރުވާ ހޯދި މިދިޔަ ހަތަރު އަހަރު އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުން އިތުރުވިއިރު، ސަލާމާތީ މިންގަނޑުތަކަށް ނުބަލާ އިމާރާތްކުރުމުގެ މައްސަލަ ވަރަށް ބޮޑެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓި، ފަރުވާ ދޭން ޖެހުނެވެ. އޭގެތެރެއިން، އެކަކު ދޫކޮށްލާފައިވާއިރު، ދެވަނަ މީހާއަށް އަދިވެސް އަންނަނީ ފަރުވާދެމުންނެވެ. https://sun.mv/223978 އެ މައްސަލައިގައި އިހުމާލުވި މީހުން ހޯދައި، މާލެ ސިޓީ ކައުންސިލުން ވަނީ އެ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ