އާ ޖުރެސިކް ވޯލްޑްގެ ޓްރެއިލާ މިއޮތީ
ޑައިނަސޯތައް ދައްކައިދޭ ބޮޑު ފްރެންޗައިޒް ކަމަށްވާ ޖުރެސިކް ވޯލްޑްގެ އާ ފިލްމުގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފިއެވެ. ޖުރެސިކް ވޯލްޑްގެ ފުރަތަމަ ފިލްމުތައް ނެރެން ފަށާފައިވަނީ 90ގެ އަހަރުތަކުގައި ޖުރެސިކް ޕާކްގެ ނަމުގައެވެ. ކާމިޔާބު ތިން ފިލްމަށްފަހު އަނެއްކާ ވެސް ފްރެންޗައިޒް އަލުން ރީބޫޓްކޮށްފައިވަނީ 2015ވަނަ އަހަރެވެ. ބްރައިސް ޑެލަސް ހަވާޑް އަދި ކްރިސް ޕްރެޓް އެކީގައި ފެނުނު މި ފްރެންޗައިޒްގެ ފުރަތަމަ ރީބޫޓް ނިންމާލާފައިވަނީ ތިން ފިލްމަށް ފަހު 2022 ވަނަ އަހަރެވެ. ޖުރެސިކް ވޯލްޑް "ޑޮމިނިއަން"ގެ ނަމުގައި ފްރެންޗައިޒްގެ ރީބޫޓްގެ ތިންވަނަ ފިލްމު ނެރުނެވެ. އެއީ، އެ އަހަރު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ. އަނެއްކާ ފިލްމު ރީބޫޓްކުރުމަށް ތައްޔާރުވެފައިވާއިރު ފުރަތަމަ ފިލްމަށް ކިޔާނީ "ޖުރެސިކް ވޯލްޑް: ރީބާތު" އެވެ. ސްކާލެޓް ޖޮހޭންސަނާއި ޖޮނަތަން ބެއިލީ ލީޑުން ފެންނަ އާ ޖުރެސިކް ވޯލްޑް ފިލްމުގެ ޓްރެއިލާ ވަނީ ދާދި ފަހުން އާންމުކޮށްފައެވެ. އަލަށް ނެރުނު ޓްރެއިލާއަށް އެތައް ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. އެއީ ފިލްމުގެ ޕްލޮޓު ހާމަނުކޮށް އާންމުންގެ މެދުގައި ޝައުގުވެރިކަން ދަމަހައްޓާފައިވާތީކަމަށް އެތައް ބަޔަކު ބުނެފައިވެއެވެ. އާ ފިލްމުގައި ފެނިގެންދާނީ އެންމެ ފަހުގެ ފްރެންޗައިޒްގެ ހާދިސާތަކަށް ފަހު ޑައިނަސޯތައް ބޭރަށް އާންމުވެ އެއާ ގުޅިގެން ކަންތައް ވެގެންދާ ގޮތުގެ މައްޗަށް ކަމަށް ޓްރެއިލާއިން ފެނިގެން ދެއެވެ. ޖުލައި މަހުގެ ދެވަނަ ދުވަހު ސިނަމާތަކުން ދައްކަން ފެށުމަށް ހަމަޖެހިފައިވާ ފިލްމުގެ ފުރަތަމަ ޓީޒަރު ޕޯސްޓަރުތައް މިހާރު ވަނީ އާންމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ