މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހުން ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ، ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފި އެވެ.
އެކްސްގައި ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެއްވެސް ބަޔަކު ހަމަނުޖެހުން ހިންގައި އިންސާފުގެ މަގަށް ހުރަސް ނޭޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"އެމްޑީޕީ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު ގަޔަށް ރޭގައި ކަޅުތެޔޮ ޖެހުން ހަރުކަށި އިބާރާތުން ކުށްވެެރި ކުރަން، މިފަދަ ހަމަލާތަކާއި ފުރައްސާރަތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ސާޖިދާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ. އޭނާ ގަޔަށް ތެޔޮ ޖެހީ ކާކުކަން ނެނގޭ ގޮތަށް ހެލްމެޓު އަޅައި މޫނު ފޮރުވައިގެން ތިބި ބަޔަކު އޭނާއަށް ފާރަލަމުން ގޮސް ރޭ 1:07 ހާއިރު ކަލާފާނު ހިނގުމުންނެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖަހާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭ ގޮތުން ވާހަކަދެއްކި މައްސަލައިގައި މަންދީގެ މައްޗަށް ފުލުހުން ގެންދަނީ ޖިނާއީ ތަހުގީގެއް ވެސް ހިންގަމުންނެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ސާޖިދާ ކުށްވެރި ކުރެއްވިއިރު، މަންދީ ވެސް ހިމެނޭހެން ގިނަ ބަޔަކު ވަނީ އޭނާއަށް ދިން ހަމަލާގެ ފަހަތުގައި ތިބީ ރައީސް މުއިއްޒު އާއި ސާޖިދާއަށް ތާއީދު ކުރާ ބައެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ފަސްޓް ލޭޑީ ސާޖިދާ ކުށްވެރިކުރައްވައިފި މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން ފަސްޓް ލޭޑީ ސާޖިދާ ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ