ކުރާ ނަމާދުން ލިބޭނެ ފައިދާ ބޮޑުތަނުން އިތުރުކުރަން ބޭނުން ހެއްޔެވެ؟

ޢާއިޝަތު ރަފާޙް ޢަލީ
 
ކޮންމެ މީހަކުވެސް ބޭނުންވާނީ ކުރާ ނަމާދުން ވީހައި ގިނަ ފައިދާތައް ހޯދުމެވެ. ގިނަ ޘަވާބު ލިބުމެވެ. ﷲ ތަޢާލާ އެމީހެއްގެ ދަރަހަ އުފުއްލަވައި ދެއްވެވުމާއި ފާފަތައް ފުއްސަވައި ދެއްވެވުމަށްވުރެ ފައިދާހުރި ކަމަކީ ކޮބައިހެއްޔެވެ؟  
عن أبي هريرة - رضي الله عنه - أن رسول الله - صلى الله عليه وسلم - قال: «ألا أدلكم على ما يمحو الله به الخطايا، ويرفع به الدرجات» ؟ قالوا: بلى يا رسول الله؟ قال: «إسباغ الوضوء على المكاره، وكثرة الخطا إلى المساجد، وانتظار الصلاة بعد الصلاة، فذلكم الرباط، فذلكم الرباط» . رواه مسلم. 
އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ލކުރެއްވިއެވެ. މާތްރަސްކަލާނގެ ފާފަތައް ފޮހެލައްވަވާ އަދި ދަރަޖަ އުފުއްލަވާ އެއްޗެއް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟ ދެން ޞަހާބީން ދެންނެވިއެވެ. އާދޭހެވެ. ރަސޫލާއެވެ. މުޞީބާތްތަކުގައި (ދަތި އުނދަގޫ ޙާލަތުގައި/ ފިނިގަދވުން ފަދަ) ވުޟޫކުރުން، އަދި މިސްކިތްތަކަށް ގިނަ ފިޔަވަޅުތައް އެޅުން، އެއް ނަމާދަށްފަހު އަނެއް ނަމާދު އަންނަންދެން އިންތިޒާރު ކުރުން، އެއީ ގުޅުމެވެ. އެއީ ގުޅުމެވެ. 
وعن أبي موسى ـ رضي الله عنه ـ قال: قال رسول الله صلى الله عليه وسلم: إن أعظم الناس أجراً في الصلاة أبعدهم إليها ممشى، فأبعدهم، والذي ينتظر الصلاة حتى يصليها مع الإمام أعظم أجراً من الذي يصليها ثم ينام. متفق عليه. 
ނަމާދުގައި މީސްތަކުންނަށް ލިބޭ އެންމެ ބޮޑު ޘަވާބަކީ އެތަނަށް އެންމެ ދުރަށް ހިނގާފައި ދިއުމުން، އެހެންކަމުން އެބައިމީހުންނާ އެންމެ ދުރު އަދި އިމާމާއެކު ނަމާދު އަދާކުރެވެންދެން އިންތިޒާރުކުރާ މީހާ، ނަމާދުކޮށްފައި ދެން ނިދާ މީހާއަށްވުރެ ހެޔޮކަން ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ