ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 90އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ގާޒާގައި ހަނގުރާމަ ކުރިއަށް ގެންދިއުން ނޫން ގޮތެއް އިޒްރޭލަށް ނެތް ކަމަށާއި ހަމާސް ނެތިކޮށްލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމާއި އިޒްރޭލަށް ނުރައްކަލެއް ކުރިމަތި ނުވާނެކަން ކަށަވަރު ކުރުމުގެ ކުރިން ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.
އީރާނަށް ނިއުކްލިއާ ހަތިޔާރު ނުލިބޭނެ ކަމުގެ ވައުދު ވެސް ބޮޑުވަޒީރު ތަކުރާރު ކުރެއްވި އެވެ.
ނަތަންޔާހޫއަށް އިޒްރޭލުގައި ޕްރެޝަރު ބޮޑުވަމުން ދަނީ ހަމައެކަނި ރަހީންކޮށްފައިވާ މީހުންގެ އާއިލާތަކާއި އެ މީހުންގެ ސަޕޯޓްރުންގެ ފަރާތުން އެކަންޏެއް ނޫނެވެ. މިދިޔަ މަހު އިޒްރޭލުން ހަނގުރާމަ މެދުކަނޑާލުމާ ގުޅިގެން ހަނގުރާމަ ކުރިއަށް ގެންދިއުމާ މެދު ސުވާލު އުފައްދަމުން ދިޔަ ރިޒާވިސްޓް އަދި ރިޓަޔާޑް އިޒްރޭލު ސިފައިންގެ ފަރާތުން ވެސް މެ އެވެ.
އިތުރު ވަގުތީ ހަނގުރާމައެއްގެ ބަދަލުގައި ދެބައިކުޅަ އެއްބައި މީހުން މިނިވަންކުރުމަށް އިޒްރޭލުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ހަމާސް އިން ދެކޮޅު ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމާސް އިން ބުނީ ބާކީ ތިބި ރަހީނުން މިނިވަން ކުރާނީ އިޒްރޭލުން ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރުމުން އެކަނި ކަމަށެވެ.
އިޒްރޭލު ސިފައިން ގެންދަނީ ހަމާސްއަށް ޕްރެޝަރުކޮށް، ރަހީންކޮށްފައިވާ މީހުން މިނިވަން ކުރުމަށް ހަތިޔާރުގެ ބޭނުން ހިފަމުންނެވެ.
ހޮސްޕިޓަލުން ބުނި ގޮތުގައި، ރޭގަނޑު ދިން ހަމާލާތުގައި މަރުވި މީހުންގެ ތެރޭގައި 15 ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ. ދެކުނުގެ ހާން ޔުނިސްގައި 11 މީހުން މަރުވެފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ އެތައް ލައްކަ ބަޔަކު ގެދޮރު ގެއްލިފައިވާ މުވާސީ ސަރަހައްދުގެ ޓެންޓްތަކުން ކަމަށް ހޮސްޕިޓަލުގެ މަސައްކަތްތެރިން ބުނެ އެވެ. އިޒްރޭލުން ވަނީ އެ ސަރަހައްދަކީ އިންސާނީ އެހީގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
48 ގަޑިއިރު ތެރޭ ފަލަސްތީނުގެ 90 މީހަކު މަރާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ