ސްޕެއިންގެ އީސްޕޯޓްސް އޯގަނައިޒޭޝަނެއް ކަމުގައިވާ "މޮވިސްޓާ ކޭއޯއައި" އިން މި އަހަރު ޗައިނާގެ އީސްޕޯޓްސް މާކެޓްގައި އެކުންފުނީގެ ހަރަކާތްތައް ފުޅާކުރުމުގެ ޕްލޭންތައް އެކުންފުނީގެ ބެލެނިވެރި ކުންފުނި އޯވައެކްޓިވް މީޑިއާ އިން ހާމަކޮށްފިއެވެ. މި އޯގަނައިޒޭޝަން އަކީ ޗައިނާގެ އީސްޕޯޓްސް މާކެޓުގައި ސީދާ ހަރުދަނާ ބޮޑު، ލޯކަލައިޒްޑް ފޭން އެންގޭޖްމަންޓް ހޯދުމަށް އަމާޒުކުރާ ޓީމެކެވެ.
ވަކިން ހާއްސަކޮށް، މޮވިސްޓާ ކޭއޯއައި އިން ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯ (އިރުމަތީ ދުނިޔޭގެ ފޭސްބުކް ކަމުގައި ބެލެވޭ) އަދި ވީޑިއޯ ޕްލެޓްފޯމް ބިލިބިލި ބޭނުންކޮށްގެން އީސްޕޯޓްސްއާ ގުޅުންހުރި ކޮންޓެންޓް އުފެއްދުމަށް ރާވައެވެ.
މި ނިންމުމަކީ މޮވިސްޓާ ކޭއޯއައިގެ ބެލެނިވެރި ކުންފުނި، އޯވައެކްޓިވް މީޑިއާ އިން ޕޮޓެންޝަލް ބޮޑު އީސްޕޯޓްސް މާކެޓްތަކުގައި ކުރިއަރަން ބޭނުންވާތީ ނިންމި ނިންމުމެކެވެ. އެކުންފުނިން މިހާރުވެސް ޔޫރަޕް އަދި އުތުރު އެމެރިކާގައި ޙަރަކާތްތައް ފުޅާކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރު އެ ކުންފުނިން ހަރަކާތްތައް އިތުރަށް ފުޅާކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ އަމާޒުހިފީ ލެޓިން އެމެރިކާ އަށް އެކުންފުނީގެ ހަރަކާތްތައް ގެންދިއުމަށެވެ.
މި ސްޓްރެޓެޖިކް ނިންމުމަކީ މިއަހަރުގެ 2025 އީސްޕޯޓްސް ކަލަންޑަރާވެސް އެއްގޮތްވާ ގޮތުގެ މަތިން ނިންމި ނިންމުމެކެވެ. މިއަހަރުގެ ފަހުކޮޅު ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ލީގް އޮފް ލެޖެންޑްސް 2025 ވޯލްޑް ޗެމްޕިއަންޝިޕްއާ ގުޅިގެން، މި ލޯކަލައިޒްޑް ކޮންޓެންޓްގެ ސަބަބުން ޓީމަށް އިތުރު ފުރުސަތުތައް ހުޅުވި، ދުނިޔޭގެ އެންމެ ބޮޑެތި އީސްޕޯޓްސް މާކެޓްތަކުގެ ތެރެއިން އެއް މާކެޓްގައި އެކުންފުނިން ފައިތިލަ ސާބިތުރެވޭނެއެވެ.
ޗައިނާގެ އޯޑިއޯ-ވީޑިއޯ އެންޑް ޑިޖިޓަލް ޕަބްލިޝިންގ އެސޯސިއޭޝަން (އީއެސްސީ) ގެ އިލެކްޓްރޯނިކް ސްޕޯޓްސް ކޮމިޓީގެ ރިޕޯޓަކުން ލަފާކޮށްފައިވާ ގޮތުގައި ޗައިނާގައި 490 މިލިއަން އީސްޕޯޓްސް ޔޫޒަރުން ވެއެވެ.
ނިމިގެން ދިޔަ 2024 ވަނަ އަހަރު، ޗައިނާގެ އީސްޕޯޓްސް އިންޑަސްޓްރީ އިން 27.56 ބިލިއަން ޔުއާން (2.97 ބިލިއަން ޕައުންޑް) ގެ އާމްދަނީ ހޯދާފައިވެއެވެ. މީގެ ތެރެއިން 80 ޕަސެންޓަކީ ލައިވް ސްޓްރީމިންގ އީސްޕޯޓްސް ކޮންޓެންޓުން ލިބުނު އާމްދަނީއެވެ.
"ޗައިނާއަށް ހަރަކާތްތައް ފުޅާވުމަކީ އޯވައެކްޓިވް މީޑިއާއަށް ވަރަށް މުހިންމު ފިޔަވަޅެއް، އަދި ދުނިޔޭގެ އެންމެ ބޮޑު އީސްޕޯޓްސް މާކެޓުގައި ކުރިއެރުމަށް އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ބައެއް،" އޯވައެކްޓިވް މީޑިއާގެ ސީއީއޯ އާދަމް އަދަމޫ ވިދާޅުވިއެވެ.
"ޗައިނާގައި ވަނީ ބޮޑު، ޖޯޝްގަދަ ފޭން ބޭސްއެއް، އަދި މިއީ އަޅުގަނޑުމެންގެ މޮވިސްޓާ ކޭއޯއައި އާ އޮޑިއަންސްއަކަށް ތައާރަފްކުރުމަށް ބާރުގަދަ ފުރުޞަތެއް. އަޅުގަނޑުމެން ހަގީގީ ގުޅުންތައް ގާއިމްކޮށް، އެ ސަރަހައްދުގައި ހުރުން އިތުރުކުރުމަށް ބަލަނީ." އަދަމޫ އިތުރަށް ވިދާޅުވިއެވެ.
ކެނެޑާގެ ޓޮރޮންޓޯގައި ހެޑްކުއާޓަރު ގާއިމްކޮށްފައިވާ އޯވައެކްޓިވް މީޑިއާ އަކީ މޮވިސްޓާ ކޭއޯއައި އާއެކު އެހެން ފްރެންޗައިޒް ޓީމްތަކުގެ ވެރިފަރާތެވެ. ލީގް އޮފް ލެޖެންޑްސް އަދި ވެލޮރަންޓްގައި ވާދަކުރުމުގެ އިތުރުން، ކުންފުނިން ވަނީ ކޯލް އޮފް ޑިއުޓީ ލީގުގެ ޓޮރޮންޓޯ އަލްޓްރާގެ ވެރިފަރާތެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި، އެ ކުންފުނިން ވަނީ ޕާޓްނަރުންގެ ވަރުގަދަ ޕޯޓްފޯލިއޯއެއް ތަރައްގީކޮށްފަ އެވެ. މީގެ ތެރޭގައި ސްޕެނިޝް ޓެލެކޮމިއުނިކޭޝަން ކުންފުނި މޮވިސްޓާ، ކާރު ބްރޭންޑް ކުޕްރާ، ސްޕޯޓްސްވެއާ މެނުފެކްޗަރަރ ކަޕާ، އަދި ގޭމިން ޕެރިފެރަލްސް ކުންފުނި ރޭޒާ ހިމެނެއެވެ.
މޮވިސްޓާ ކޭއޯއައި އިން ޗައިނާގެ އީސްޕޯޓްސް އަށް އާ ޕްލޭންތަކެއް މޮވިސްޓާ ކޭއޯއައި އިން ޗައިނާގެ އީސްޕޯޓްސް އަށް އާ ޕްލޭންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ