އެލައިޑް ހެލްތު ޕްރޮފެޝަނަލް ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ހެލްތު މިނިސްޓްރީ އާއި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އަދި ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ އެކު ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ:
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝަހެނާޒް އާދަމް
ތަފްސީލް - އެމްއެންޔޫން ބުނީ އެ އެމްއޯޔޫގެ ދަށުން އެ ޔުނިވަސިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނެނީ:
އެލައިޑް ހެލްތު ދާއިރާއަށް 1،500އަށް ވުރެ ގިނަ ދިވެހިން ތަމްރީނުކުރާނެ
އެލައިޑް ހެލްތު ޕްރޮފެޝަނަލްގެ ދާއިރާގެ ކޯސްތަކަށް ތަމްރީން ޕްރޮގްރާމުތައް އެކުލަވާލައި ރާވައި ހިންގާނެ
ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ލެކްޗަރާއިންނާއި ވަސީލަތްތައް އަދި އަމަލީ ތަމްރީނުތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ
ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން ސްކްރީން ކުރުމުގައި ހަޔަ އެޑިޔުކޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ
ކޯސްތައް ހިންގަމުން އަންނަ ގޮތާއި ބައިވެރިވާ ފަރާތްތަކުގެ ތަފްސީލު އެނގޭނެ ތަފާސްހިސާބުތައް ބަލަހައްޓައި މަދުވެގެން ކޮންމެ ތިން މަހުން ހަޔަ އެޑިޔުކޭޝަން އަދި ހެލްތު މިނިސްޓްރީއަށް މައުލޫމާތު ފޯރުކޮށްދޭނެ
އެމްއެންޔޫން ސިއްހީ ދާއިރާތަކަށް 1،500 މީހުން ތަމްރީނުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ