ޔުމްނު ވެއްޓުނު ހ. ފެންޓެނޯއިއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް އަންގައިފި ޔުމްނު ވެއްޓުނު ހ. ފެންޓެނޯއިއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް އަންގައިފި

މިދިޔަ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހ. ފެންޓެނޯއިގެއަށް ނޫސްވެރިން ނުވައްދާނެ ކަމަށް އެ ގޭގެ ވެރިފަރާތުން ފުލުހުންނަށް އަންގައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ފެންޓެނޯއިގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާ ކުރުމުން އެ ގެއަށް ނޫސްވެރިން ނުވެއްދޭނެ ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
"މިއަދުގެ ޕްރެސްގައި ދެންނެވި ގޮތަށް ހާދިސާ ހިނގި ގެއަށް ނޫސްވެރިންނަށް ވަދެވޭނެ ފުރުސަތު ހޯދުމުގެ ގޮތުން އެ ގޭގެ ވެރިފަރާތާ މަޝްވަރާކުރުމުން އެގެއަށް މީޑިއާ ވެއްދުމުގެ ހުއްދަ ދެވެންނެތްކަމަށް ވަނީ ދަންނަވާފައި،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ޔުމްނު ވެއްޓުނު ކަމަށް ފުލުހުން ބުނަނީ ފެންޓެނޯއި ގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުންނެވެ. އެ ގެއަށް ނޫސްވެރިން ވެއްދޭތޯ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭގޮތުން އެކި ގޮތްގޮތަށް ސޯޝަލްމީޑިއާގައި ވާހަކަތައް ފެތުރެމުން ދާތީ ކަމަށް ފުލުހުން ބުންޏެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފެންޓެނޯއި ގޭގެ ސިޑިގޮޅި ފެންނަ ސީސީޓީވީ ފުޓޭޖު ވެސް އާންމު ކޮށްފަ އެވެ. އެއީ މީގެ ކުރިން ސިއްރު ކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ފުޓޭޖެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ފަތިހު 4:52 ހާއިރު އެވެ. ޔުމްނު އާއި ރައުދު އެ ގެއަށް ވަނުމާ ހަމައިން ކަން ހިނގަމުން ދިޔަ ގޮތް އެ ވީޑިއޯއިން ފެނެ އެވެ. އަދި ޔުމްނު ވެއްޓުމަށްފަހު އޭނާ ހޯދުމަށް ރައުދު އުޅޭ މަންޒަރު ވެސް ފުލުހުން އާންމުކުރި ވީޑިއޯ ފުޓޭޖުން ފެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ