ވެލިދޫ އަތުން ކޮމެޓްސްއަށް ބޮޑު މޮޅެއް!
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ގްރޫޕް އޭގެ ދެ ޓީމް ކަމުގައިވާ ވެލިދޫ އެސްސީ އަދި ކޮމެޓްސް އެސްސީގެ މެޗް މިއަދު ހަވީރު ކުޅެފިއެވެ. މެޗްގެ ފުރަތަމަ ހާފު ފެށިގެން 18ވަނަ މިނެޓްގައި ކޮމެޓްސް އެސްސީން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ނަގާފައެވެ. މި ގޯލް އެ ޓީމާށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު ހަތަރެއް އަބްދުﷲ ޒަމީންއެވެ. މިއާއެކު ކޮމެޓްސްއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ މެޗް ޑޮމިނެންޓްކޮށްގެން ކުޅެން ފެށުމާއެކު މެޗްގެ 28ވަނަ މިނެޓްގައި ކޮމެޓްސްއިން އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކުރިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ފޯވާޑް ޖާޒީ ނަންބަރު 18 މުޙައްމަދު ހުޝާމްއެވެ. ވެލިދޫ އަތުން ކޮމެޓްސްއަށް ބޮޑު މޮޅެއް -- ފޮޓޯ/ މުހައްމަދު އަފްވާން ފުރަތަމަ ހާފްގައި ވެލިދޫ އެސްސީގެ ޖާޒީ ނަންބަރު 19 އަލީ ރަޒީން ބޯޅަ ނެތި ކޮމެޓްސް އެސްސީގެ ކުޅުންތެރިއަކަށް ހަމަލާދިނުމާ ގުޅިގެން ރަޒީނަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. ފުރަތަމަ ހާފް ނިމުނު އިރު ކޮމެޓްސްއިން ވަނީ ދެ ގޯލް ޖަހާ ލިޑް ނަގާފައެވެ. މި ނަތީޖާއާއެކު މެޗުގެ ދެވަނަ ހާފް ފެށިގެން 47ވަނަ މިނެޓްގައި ކޮމެޓްސް އިން އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކުރިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 17 އަލީ ޝަމާލް އަބްދުﷲއެވެ. މި ގޯލާއެކު ކޮމެޓްސްއިން އަނެއްކާ ވެސް ޑޮމިނެންޓްކޮށްގެން ކުޅެން ފެށުމާއެކު މެޗްގެ 52ވަނަ މިނެޓްގައި ޝަމާލް އިތުރު ގޯލެއް ކާމިޔާބުކޮށްދީ ލީޑް ފުޅާކުރިއެވެ. ޝަމާލްގެ މޮޅު ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިވާއިރު އޭނާ ވަނީ މެޗްގެ 71ވަނަ މިނެޓްގައި ވެސް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ. މި ގޯލާއެކު މި މެޗްގައި ޝަމާލް ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން މެޗްގެ 82ވަނަ މިނެޓްގައި ކޮމެޓްސްގެ އަބްދުލް މާޖިދު ކާމިޔާބުކޮށްދިން ގޯލާއެކު ލީޑް އިތުރަށް ފުޅާވެގެން ދިޔައެވެ. އަދި މެޗްގެ 89ވަނަ މިނެޓްގައި ކޮމެޓްސްގެ ޒުވާން ކުޅުންތެރިޔާ އިބްރާހިމް ހަމީޝް ކާމިޔާބުކޮށްދިން ގޯލާއެކު ހަތް ގޯލްގެ ލީޑެއް ކޮމެޓްސްއިން ނެގިއެވެ. މި މެޗު ނިމުނުއިރު ވެލިދޫއަށް އެއްވެސް ގޯލެއް ކާމިޔާބެއް ނުކުރެވެއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗްގައި ހެޓްރިކް ހަދާފައިވާ ކޮމެޓްސްގެ ޖާޒީ ނަންބަރ 17 އަލީ ޝަމާލް އަބްދުﷲ (ޝައްމު)އެވެ.މި މުބާރާތުގެ ހަވަނަ މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ވާދަކުރާނީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ދެ ޓީމް ކަމުގައިވާ ވިންޑް ވޯރިއޯސް އެސްސީއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ފޭސްބުކް އަދި ޔޫޓިއުބުން ލައިވްކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ