ޕަހަލްގާމްގައި
ހިނގި އަނިޔާވެރި ޓެރަރިސްޓް ހަމަލާއަށް ވަރުގަދަ ޖަވާބެއްގެ ގޮތުގައި، 25
އިންޑިއާ އަދި 1 ނޭޕާލް ރައްޔިތެއް ހިމެނޭ ގޮތަށް 26 އާންމު ރައްޔިތުންގެ ފުރާނަ
ގެއްލުނު ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން، ރޭ އިންޑިއާގެ ހަނގުރާމަވެރި ބާރުތަކުން ޕާކިސްތާނާއި ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ
ކަޝްމީރުގެ 9 ސަރަޙައްދަކަށް ހަމަލާ ދިނެވެ.
މި އޮޕަރޭޝަނަށް ކިޔުނީ 'އޮޕަރޭޝަން ސިންދޫރު'
އެވެ.
މި ނަމަކީ،
ފަރުދީ އަދި ޤައުމީ ގެއްލުން ރަމްޒުކޮށްދެވުނު ނަމެއްކަމުގައި އިންޑިއާގެ
މީސްމިޑިއާތަކުގައި ޝާއިޢުކޮށްފައިވެއެވެ.
Advertisement
އިންޑިއާގެ
ހޯމް މިނިސްޓަރ އަމިތް ޝާހް އެކްސްގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވެފައިވަނީ " އޮޕަރޭޝަންސިންދޫރު އަކީ
ޕަހަލްގާމްގައި އަޅުގަނޑުމެންގެ މަޢުޞޫމު އަޚުން އަނިޔާވެރިކަމާއެކު މަރާލުމަށް ހިންދުސްތާނުން
ދިން ޖަވާބެއް." ކަމަށެވެ.
އަދި އެ ޕޯޓްސްގައި އޭނާ އެ ޤައުމުގެ
ހަތިޔާރުވެރި ބާރުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އެ ބާރުތަކާމެދު
ފަޚުރުވެރިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޒަމާނުއްސުރެ،
ސިންދޫރު އަކީ އާންމުކޮށް ހިންދޫ ކައިވެނިކޮށްގެން ތިބޭ އަންހެނުން ބޭނުންކުރާ
އެއްޗެކެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ލޯތްބާއި، ވަފާތެރިކަން އަދި ޤުރުބާނީވުން ރަމްޒުކޮށްދޭ އެއްޗެކެވެ. އިންޑިޔާގެ ބާރުގެ ދަށުގައިވާ ކަޝްމީރަށް ދިން ހަމަލާއިން މި އަގުހުރި ރަމްޒުތައް ނެތިދިޔަ ކަމަށް އިންޑިޔާއިން ގަބޫލުކުރެއެވެ.
އަދި މިހާރު މި
ނަން ބޭނުންކުރެވެނީ އެ ހަމަލާގެ ޝިކާރައަށްވީ މީހުންނަށް ޝަރަފު ދިނުމަށާއި
ޤައުމުގެ އަޒުމު އަލުން ދަމަހެއްޓުމަށްކަމަށް އިންޑިއާގެ މީޑިއާތަކުން ހާމަކުރެއެވެ.
އަދި 'އޮޕަރޭޝަން ސިންދޫރު' މި ނަމަކީ އެ ޤައުމުގެ އިހުސާސްތަކާ ގުޅި، ރަމްޒީ
ގޮތުން ބާރުގަދަ މެސެޖެއް އޮތް ނަމެއްކަމަށްވެސް އިންޑިޔާގެ މީހުން ސިފަކުރެއެވެ.
22
އޭޕްރީލްގެ މި ޙަމަލާއަށްފަހު، އަނބިމީހާ އޭނާގެ މަރުވެފައިވާ ފިރިމީހާގެ
ހަށިގަނޑާ ޖެހިގެން އޮތް މަންޒަރުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް
ވައިގައި ހިފައި، މި ޙަމަލާގެ ޝިކާރައަކަށްވީ މީހުންނަށް ކުރިމަތިވި ހިތާމައާއި ވޭނުގެ
ނިޝާނަކަށް ވެގެން ދިޔައެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް ފެށި "އޮޕަރޭޝަން ސިންދޫރް"ގައި ފޮރުވިފައިވާ މާނައަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ