މިނިސްޓަރު ހަލީލް ލަންކާގައި ހުންނަވަނިކޮށް މަރާލަފާނެ ކަމަށް ބުނެ އިންޒާރު ދީފި

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ މީހަކު އިންޒާރު ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މިނިސްޓަރު ހަލީލްއަށް މަރުގެ އިންޒާރު ދިން މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.މިނިސްޓަރު ހަލީލްއަށް މަރުގެ އިންޒާރު ދީފައި ވަނީ ސޯޝަލްމީޑިއާ ޕްލެޓްފޯމް، އެކްސްގަ އެވެ. އިންޒާރު ދިނީ މީގެ ކުރިން ރާއްޖެއިން ޑީޕޯޓު ކޮށްފައިވާ ސްރީލަންކާ މީހެކެވެ. އެ މީހާގެ ދަރިޔަކު ވެސް ދިވެއްސަކަށް ހުރެ އެވެ. ނަމަވެސް އެ ކުއްޖާ ދެކިލުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރާ ގުޅޭގޮތުން ވެސް އޭނާ ގިނަ ޕޯސްޓުތަކެއް އެކްސްގައި ކޮށްފައިވެ އެވެ.ހަލީލް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރާ ގުޅުވައިގެން ނަދީޝް ވަނީ އެކްސްގައި އިންޒާރުގެ އެތައް ޕޯސްޓެއްކޮށްފަ އެވެ. އޭގެ އެއް ޕޯސްޓުގައި ބުނެފައިވަނީ، ހޮޓަލުގެ ކޮޓަރީގައި ހުންނަވާއިރު ސަމާލުވެ ހުންނެވުމަށާއި ރޫމް ބޯއި ނުވަތަ ވެއިޓަރެއްގެ ގޮތުގައި އޭނައާ މަރު ބައްދަލުކޮށްފާނެ ކަމަށެވެ.އެހެން ޕޯސްޓެއްގައި ނަދީޝް ވަނީ ލަންކާގައި މިނިސްޓަރު އިންނަވާ ކާރު ފުރޮޅާލައިގެން ގޮސް އަލިފާނުން އުފެދޭ ކާބަންމޮނޮއޮކްސައިޑު ހަށިގަނޑުގެ ތެރެއަށް ވަދެ، މަރުވުމުގެ ސަބަބެއް ކަމަށް ވެދާތޯ ސުވާލު އުފައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ