މަޑުލު ވަހީދުގެެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

މިދިޔަ ހޯމަ ދުވަހު އަވަހާރަވި ދިވެހި ބަހުގެ ހިދުމަތްތެރިޔާ މަޑުލު މުހައްމަދު ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ދިވެހި ބަހާއި ތާރީހަށް އަދި މީޑިއާގެ ދާއިރާއަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މަޑުލު މުހައްމަދު ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރު ހުޅުވައިދެއްވީ ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އެވެ.
އެ ދަފްތަރުގައި ސޮއިކުރުން އޮތީ އެ މިނިސްޓްރީގަ އެވެ.
ތަފްސީލް - މަޑުލު ވަހީދު އަވަހާރަވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. 
އޭނާއަށް ވަނީ ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ.
މަދަރުސީ ދައުރުން ފެށިގެން ވެސް ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ މަޑުލު މުހައްމަދު ވަހީދު ވަނީ:
އިނގިރޭސިބަހުން ދިވެހި ބަހަށް ގިނަ މުހިންމު ލިޔުންތަކެއް ތަރުޖަމާކޮށްދެއްވާފައި
އިޖުތިމާއީ މައްސަލަތަކާއި މީހުންނަށް ދިމާވާ އާދަޔާ ހިލާފު ދަތި ހާލަތު ސިފަކޮށްދޭ ވަރަށް އަސަރުގަދަ ރީތި ކުރު ވާހަކަތައް ގެނެސްދެއްވާފައިވޭ
އޭނާއަކީ، ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންނާއި ކިޔުންތެރިންނަށް 1973ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 10 އަހަރު ވަންދެން ބޭރު ދުނިޔޭގެ ހަބަރުތައް ގެނެސްދެއްވުމުގެ ސަބަބުން ވެސް މަޝްހޫރުވެފައިވާ ބޭފުޅެއް
މަޑުލު މުހައްމަދު ވަހީދަކީ ދައުލަތުގެ މީޑިއާގެ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސްމެ އެވެ.
އެންމެ ފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަގާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ