އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް މުއިއްޒުގެ ތައުޒިޔާ

ގުޖަރާތުގެ އަހްމަދުއާބާދުގައި މީހުން އުޅޭ ސަރަހައްދަކަށް އެއާ އިންޑިއާގެ ފްލައިޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެއާ އިންޑިއާގެ ފްލައިޓް 171، ވެއްޓުނީ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން، އަހްމަދުއާބާދު އެއާޕޯޓުން ފުރިތާ މާގިނައިރުތަކެއް ނުވެ އެވެ. އެއާ އިންޑިއާގެ ފްލައިޓްވެ. އެއީ:
އިންޑިއާގެ 169 މީހުން 
އިނގިރޭސި ވިލާތުގެ 53 މީހުން 
ޕޯޗްގީޒް ހަތް މީހުން
ކެނެޑާ މީހެއް
ބުނީ ކީކޭ؟ - މި ހާދިސާގެ ހިތާމަފާޅުކުރައްވާ ރައީސް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި ދިވެހި ސަރުކާރާއި، ދިވެހިން އިންޑިއާއެކު ވަރުގަދަކޮށް ތިއްބެވި ކަމަށެވެ.
އެނގުން މުހިންމު - މި ބޯޓު ވެއްޓޭތަން ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ވީޑިއޯއިން ފެންނަގޮތުން ބޯޓު ވެއްޓެނީ ދަތުރުފަށައި ރަނގަޅަށް ވައިގެތެރޭ އުނދުހި ނުގަނެ އުޅެވެނިކޮށެވެ.
ބޯޓު ވެއްޓިފައިވަނީ ގުޖުރާތުގައި ހުންނަ މެޑިކަލް ކިޔަވާ ކުދިންގެ ހޮސްޓަލްސްއެއްގެ މައްޗަށެވެ. ބައެއް ފޮޓޯތަކުން ފެންނަގޮތުގައި ޕްލޭންގެ ބޮޑުބައެއް ވެއްޓިފައި އޮތީ އެ ހޮސްޓަލްސްގައި ކެއުމަށް ބޭނުންކުރާ ތަނެއްގެ ތެރެއަށެވެ. ބައެއް ފޮޓޯތަކުން މޭޒުމަތީ ކާން އަޅާފައިވާ ތަށިތައް ވެސް ހުއްޓާ ފެނެ އެވެ. އެހެންކަމުން ބެލެވެނީ، ބޯޓު ވެއްޓުނު އެވަގުތަކީ ބައެއް ކުދިން އެތަނުގައި ކާން ތިބި ވަގުތެއް ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކު މިހާތަނަށް ސަލާމަތްވެފައި ވާކަން ނުވަތަ ނުވާކަން ވެސް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ. އަދި އަނިޔާވެފައިވާ މީހުންގެ ތަފްސީލުތަކެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ