ބާލިން، ޖަރުމަނު (މެއި 4) - މެޗުގެ ފަހު ސިކުންތުގައި ޔޫސުފް ޕޯލްސަން ޖެހި ގޯލުން 3-3 އިން އާރްބީ ލައިޕްޒިގުން ބަޔާން މިއުނިކާ އެއްވަރުކޮށް، އެ ޓީމުން ޖަރުމަނު ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ކުރަން ޖެހޭ އިންތިޒާރު ދިގުލައިފި އެވެ.
މި މެޗަށް ނުކުތްއިރު، މެޗުން މޮޅުވެގެން، ޖަރުމަނު ލީގުގެ ޗެމްޕިއަންކަން، 34 ވަނަ ފަަހަރަށް ބަޔާނަށް ލިބުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އެކަމަކު، މޮޅެއް ނުހޯދުމުން އެ އިންތިޒާރު ދިގުވީ އެވެ. ލީގު ޗެމްޕިއަންކަން ހޯދަން ބަޔާނަށް ދެން މެތަމެޓިކަލީ ބޭނުންވަނީ އެއް ޕޮއިންޓެވެ. އެކަމަކު، ލެވަކޫސަންގެ ނަތީޖާ ނުކުންނަ ގޮތަކުން ބަޔާނަށް ކުރިން ވެސް ލީގު ޔަގީންވުމުގެ ފުރުސަތު އެބައޮތެވެ.
ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ލެވަކޫސަން އަށް ވަނީ 31 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ.
ލައިޕްޒިގުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، 11 ވަނަ މިނިޓްގައި، ބެންޖަމިން ސެސްކޯ ވަނީ ލައިޕްޒިގަށް ލީޑުނަގައިދީފަ އެވެ. އެ ޓީމުގެ، ދެ ވަނަ ގޯލު ޖެހީ 39 ވަނަ މިިނިޓްގައި، ލޫކަސް ކްލޯސްޓަމަން އެވެ.
ކާޑު ހަމަވުމުގެ ސަބަބުން ބަޔާނަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހައިދިން އިނގިރޭސި ފޯވާޑް، ހެރީ ކޭން ހުރީ ސަސްޕެންޝަނުގަ އެވެ.
ބަޔާނުން ދެ ވަނަ ހާފުގައި، ކުޅެންއަރައި ތިން ގޯލު ޖަހައި، ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، ބަޔާންގެ ފުރަތަމަ ގޯލު 62 ވަނަ މިނިޓްގައި، އެރިކް ޑަޔާ ޖެހިތާ މިނިޓެއް ފަހުން، މައިކަލް އޮލީސޭ ވަނީ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. ބަޔާނުން ލީޑުނެގީ 83 ވަނަ މިނިޓްގައި، ލެރޯއި ސާނޭ އެވެ.
މެޗުގެ ފަހު ސިކުންުތުގައި، ލައިޕްޒިގުން މެޗުން ނަތީޖާ ނެރެން، ކުރި މަސައްކަތް ކާމިޔާބުކޮށް ޕޯލްސަން ވަނީ ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ.
ލައިޕްޒިގުން ފަހު ވަގުތު ލަނޑުޖަހައި އެއްވަރުކުރުމުން ބަޔާން މަޑުކުރަން ޖެހިއްޖެ ލައިޕްޒިގުން ފަހު ވަގުތު ލަނޑުޖަހައި އެއްވަރުކުރުމުން ބަޔާން މަޑުކުރަން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ