މުއްޔަށް ބޮޑު ޢީދެއް: "ޓެސްޓު ފްލައިޓު ޖެއްސުމުން ހީވީ އަތޮޅު މުއްސަނދިވާތަން ކުލަވިހެން"

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2021ވަނަ އަހަރު ތަރައްގީކުރަން މަސައްކަތް ފެށި މ. މުލީ އެއާޕޯޓުގެ މަސައްކަތް ނިންމައި، މިއަދު ޓެސްޓު ފްލައިޓް ޖައްސައިފިއެވެ. ޓެސްޓު ފްލައިޓު ޖައްސައިފައިވަނީ މިއަދު ހަވީރެވެ. މި ފްލައިޓުގައި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާއި، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު މުބީނުގެ އިތުރުން މޯލްޑިވިއަނުގެ އިސްވެރިން ދަތުރުކޮށް ރަށަށް ވަޑައިގަތެވެ. މ. މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސުމާއެކު ރަށުގައި އޮތް ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ އެއާއެކު އެ ރަށަށް ވަޑައިގަތް ވަފުދަށް މަރުހަބާ ކިއީ ރަށު ރައްޔިތުން ނުކުމެ ހުށަހަޅައިދިން ޚާއްސަ ސަގާފީ ހަރަކާތްތަކުންނެވެ. މީގެ އިތުރުން ޖާފަތްތައް ވެސް ވަނީ ތައްޔާރުކޮށްފައެވެ. "ސަން"އާ ވަހަކަދައްކަވަމުން މުލީ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޝާކިފް ވިދާޅުވީ، މިއަށްވުރެ އުފާވެރި ދުވަހެއް ރަށުގެ ރައްޔިތުން ނުދެކޭ ކަމަށެވެ. ސަބަބަކީ، އެއާޕޯޓެއްގެ މަސައްކަތް ނިމި، ޓެސްޓު ފްލައިޓު ޖައްސައިފައި މިވަނީ ރައްޔިތުން މި ކަމަށް އެދި ދިގު އިންތިޒާރެއްކުރަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. މ. މުލީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖެއްސުމާއެކު ރަށުގައި އޮތް ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ މުއްޔަކީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ރަށުގައި މިހާރު ވެސް ސަރުކާރުގެ ގިނަ އިދާރާތައް ގާއިމްކޮށް، ބޭންކިންގެ ޚިދުމަތް ވެސް ލިބެން އެބަހުއްޓެވެ. ހަމައެއާއެކު ރާޅާއެރުމަށް ވެސް ޚާއްސަ ރާޅުގަނޑުތައް އެ ރަށުގައި ވެއެވެ. ޝާކިފް ވިދާޅުވީ އެއާޕޯޓު ތަރައްގީވުމާއެކު ތަންފީޒުކުރަން ރަށާއި، އަތޮޅުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ރާވައިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެއާޕޯޓު ނިމެންވާއިރަށް ކުރަމުން އައި ކަމަށް ވެސް ވިދާޅުވިއެވެ. https://x.com/MoCImv/status/1915749081185743059 "ޓެސްޓު ފްލައިޓު ޖެއްސުމާއެކު އެ ކަންކަމުގައި ކުލަޖެހުނު ފަދަ ހެން އަޅުގަނޑަށް ހަމަ ސިފަވީ. އެހާ ވެސް އުފާވެރި ދުވަހެއް މިއަދަކީ،" އޭނާ ވިދާޅުވިއެވެ. https://sun.mv/186914 ޝާކިފް ވިދާޅުވީ މުޅި ކައުންސިލުގެ ވެސް އެންމެ ބޮޑު އަމާޒަކީ، ރަށާއި އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުން ކަމަށެވެ. އެގޮތުން އުންމީދަކީ ރަށުގައި ފަތުރުވެރިކަން ތަރައްގީވަމުން އަންނައިރު، މުޅި އަތޮޅުގައި ހުރި ފަތުރުވެރިކަމުގެ އެނދު މިހާރަށްވުރެ އިތުރުވާނެހެން، އެއާޕޯޓާ ކައިރި ރަށްރަށް ތަރައްގީކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ