އޭބީޔޫގެ އެސްޖީގެ މަގާމަށް ޓީވީއެމްގެ ކުރީގެ އިންޖިނިއަރިން ހެޑް
ދައުލަތުގެ މީޑިއާގެ އިންޖިނިއަރިން ހެޑުގެ ގޮތުގައި މަސައްކަތްކުރެއްވި އަހުމަދު ނަދީމް އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން، އޭ.ބީ.ޔޫގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް އައްޔަންކޮށްފިއެވެ.މިއީ އޭބީޔޫގެ އިސް މަގާމަކަށް ދިވެއްސަކު އައްނުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރި ވެސް ފުރަތަމަ ފަހަރެވެ.ނަދީމް އެ މަގާމަށް އައްނުކުރި ނަމަވެސް އޭނާގެ ދައުރު ފެށޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެއީ 2010 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޑރ. ޖަވާދު މޮއްޓަގީގެ ދައުރު އަންނަ މާރިޗުމަހު ހަމަވުމުންނެވެ.ނަދީމް ވަނީ އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން ބީޓީއީސީ އެޗްއެންޑީ ހާސިލްކުރައްވާފައެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހާޓްފޯޑްޝަޔާއިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ދާއިރާއިން އޮނަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. އޭނާއަކީ މި ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ.އޭ.ބީ.ޔޫއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ބްރޮޑްކާސްޓަރުންގެ ކުރިއެރުމަށް 1964 ގައި އުފެދުނު ޔޫނިއަނެކެވެ. އޭ.ބީ.ޔޫއިން އަންނަނީ ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓަރުންނާއި، އިންޑަސްޓްރީގެ މުހިންމު ފަރާތްތަކުގެ މަސްލަހަތު ކުރިއަރުވައި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މީޑިއާގެ އެއްބާރުލުން ފަހިކޮށްދޭން މަސައްކަތް ކުރަމުންނެވެ. އޭ.ބީ.ޔޫ އުފެދުނު ފަހުން އެ ޔޫނިއަންގެ މެންބަރުންގެ ގޮތުގައި މިހާރު ދުނިޔޭގެ 64 ޤައުމެއްގެ 253 ބްރޯޑްކާސްޓިންގ ސްޓޭޝަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ