ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތުގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން މިއަދު ބުނީ, ސަފްވަތު ހަބީބާ ގުޅޭ ގޮތުން ބަލަނީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް, ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ ކަމަށެވެ.
އެ މައްސަލަ ބަލަން ނިންމީ ޖޭއެސްސީގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީންނެވެ. އަދި މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ޖަލްސާގައި އެ މައްސަލަ ތަހުގީގު ކުރުމަށް ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ