އޮގަސްޓް 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކެމްޕޭން ލޯންޗުކޮށްފިއެވެ.
2018ގަވެސް ރިޔާސީ އިންތިހާބަށް ނިކުންނަވާ ނާކާމިޔާބާ ކުރިމަތިލެއްވި އުމަރު ނަސީރު 2023 ގެ ރިޔާސީ އިންތިހާބަށް ނިކުންނެވުމުގެ ގޮތުން، ރޭ ސަލްޓަންޕާކުގައި ވަނީ 'އާ މިސްރާބަކަށް' މި ނަމުގައި ބޭއްވި ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އުމަރު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އޭނާ ހުށަހަޅާ ރިޔާސީ ވައުދުތައް ހާމަކުރައްވާފައެވެ.
އުމަރުގެ ބައެއް ރިޔާސީ ވައުދުތައް:
އުމަރު ވިދާޅުވީ އޭނާ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ ރާއްޖޭގެ ރައްޔިތުން އައު މިސްރާބަކަށް ގެންދިއުމަށް ކަމަށެވެ.
އުމަރުގެ އައު މިސްރާބަކީ 2045 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ބަދަލުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު 2023 ރިޔާސީ ކެމްޕޭން ލޯންޗް ކުރުމަށް ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގެތެރެއިން - ފޮޓޯ: ސަން
އަދި އޭނާގެ ވެރިކަމެއްގައި އިޖްތިމާއީ ، އިގްތިސާދީ މައްސަލަތައް ހައްލުކޮށް އިގްތިސާދު ސިންދަފާދުކުރައްވައިގެން ދިގު މުއްދަތުގެ ތަރައްޤީގެ މަޝްރޫއުތައް ފެށޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ރައްޔިތުން ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށް ވެރިކަން ކުރަން ފުރުސަތުދިން ނަމަވެސް އެ ވެރިކަންތަކުން ރައްޔިތުންނަށް ފައިދާއެއް ނުވާ ކަމަށާއި އެ ޕާޓީތައްވެސް ފެއިލްވެއްޖެ ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖެއަށް ތަރައްޤީގެ ދުވެލި ހަލުވިކުރެވިދާނެ ކަމަށް ފާހަގަކުރައްވާ ސިންގަޕޫރާއި ރާއްޖެއަށް މިނިވަންކަން ލިބުނީ އެއް ދުވަސްވަރެއްގައި އޭރު ރާއްޖޭގެ އިގްތިސާދު އޮތީ މާކުރީގައި ކަމަށް އުމަރު ވިދާޅުވިއެވެ.
ފުރަތަމަ ކަމަކީ ސިންގަޕޫރުގައި ޤާނޫނުތައް ތަންފީޒު ކުރޭ. ޤާނޫނުތަކާއި ދޭތެރޭ ކުޅޭ ކުޅޭ އެއް ނޯންނާނެ. ދެވަނަ ކަމަކީ ކޮރަޕްޝަން ފުނޑުފުނޑުކޮށްލާނެ، ދައުލަތުގެ ވެރިންނަށް ކޮރަޕްޓެއް ނުވެވޭނެ"
މީގެ އިތުރުން ސިންގަޕޫރުން މިސާލު ނަންގަވާ އުމަރު ވިދާޅުވީ ދައުލަތުން އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ހަރަދުކުރަމުން ގެންދާނެ ކަމަށެވެ.
އޭގެ ބަދަލުގައި ރާއްޖެއިން ހަރަދުކުރަނީ ސިޔާސީ ގޮތުން ވޯޓު ހޯދަން ކަމަށާއި، ރަށްރަށުގެ ބިން ހިއްކާ ނިމިގެން 20 އަހަރުވާއިރުވެސް އެބިންތަކުގައި މަސައްކަތެއް ނުފެށޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އިސްލާމީ ޝަރީއަތް ގާއިމުކުރުމުގެ ވައުދާއެކު އަނެއްކާވެސް އުމަރު ރިޔާސީ އިންތިބާހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ