ތެލުގެ އަގު ދެގުނަ މައްޗަށް ދިޔަޔަސް، އަގު ބޮޑުކުރަން ސަރުކާރުން ނުވިސްނާ: ޒަމީރު ހަނގުރާމަޔާ ގުޅިގެން އިގުތިސާދަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވާން ފިޔަވަޅު އަޅަނީ ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއު ލަސްނުކޮށް ކުރިއަށް ގެންދަން ރައީސް އެދިވަޑަ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ ޔުތިޝް ރާޖް ރާޖަން (27އ) އާއި އީޝްވަރުމުރިތީ ޝަންމުގަމް (24އ) ކަމަށެވެ. އިތުރަށް ފުލުހުން ބުނީ މާޗު 20 ވަނަ ދުވަހު ހައްޔަރުކުރި މި ދެމީހުންނަކީ ހަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ