ދެ އިންތިޚާބު އެކުގައި ބޭއްވުމަށް ރައްޔިތުން މިހާރުވެސް ވަނީ ނިންމާފަ: ތޯރިގު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރިޔާސީ އިންތިހާބު އޮންނަ ދުވަހު ބޭއްވުމަކީ ދިވެހި ރައްޔިތުން ނިންމާފައިވާ ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ތަރާވީސްގައި ވާހަކަދައްކަވަމުން  ތޯރިގް ވިދާޅުވީ ފާއިތުވި އަހަރު ތަކުގައި ވެރިކަން ކުރާ ޕާޓީ ނޫން ޕާޓީ ތަކުން މަޖިލީހުގެ މެޖޯރިޓީ ނަގާފައިވާކަމަށާއި، ރައްޔިތުން ވަނީ އޭރުގެ ހަލަބޮލިކަމާއި އަދި ކަންތައް ވެގެން ދިޔަގޮތް ތަހައްމަލްކޮށްފައި ކަމަށްވެ. އަދި އެއަށް ފަހު ފާއިތުވި ތިން އަހަރު ރައްޔިތުން ވަނީ އޭރުގައި އޮންނަ ސަރުކާރަށް މަޖިލީހުގެ އަޣްލަބިއްޔަތު ދީފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރިޔާސީ އިންތިހާބް އޮންނަ ދުވަހު ބޭއްވުމަކީ މިހާރު ދިވެހި ރައްޔިތުން ނިންމާފައިވާ ގޮތް ކަމަށް ތޯރިގް ވިދާޅިވެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި މި ހަފްލާގައި އިތުރަށް ވާހަކަދައްވަމުން ތޯރީގް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ރައްޔިތުންގެ މަޖިލީގު ދައުރުގެ އުމުރު ކުރު ކުރަން ކަމަށާއި، މިއީ ރިޔާސީ އިންތިހާބާއި ބެހޭ މައްސަލަ އެއް ނޫންކަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރަންވީ ކީއްވެ ކަން ފާހަގަކުރައްވާ ތޯރިގް ވިދާޅުވީ ގާނޫނު އަސާސީ ލިޔުނު އިރު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ބަދަލުނުކެރޭވެނެ ކަންތައްތައް ކަމަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރާއި، ރައީސުލްޖުމުހޫރިއްޔާ އިންތިހާބް ކުރާ ގޮތާއި، ރައީސުލްޖުމުހޫރިއްޔާގެ ދައުރު ކަމަށެވެ.
އަދި އެކަންކަން ބަދަލުކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ތޯރިގް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރު ކުރުމަށްވުރެ ބޮޑަށް އެބޭފުޅުގެން މައުޟޫއީ ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގުކޮށްފާނެތީ ހުރަސް އެޅުން ކަމަށް ވިދާޅުވެ ތޯރިގް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ބަޔަކު އެމީހުންގެ ފަސް އަހަރުގެ ދައުރު ނިމެން ކައިރި ވުމުން އިތުރު އަނެއް ފަސްއަހަރަށް އަމިއްލަޔައް ނިންމަފާނެތީ ގާނޫނު އަސާސީ ލޮގް ކުރީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސް،ރައްޔިތުންގެ މަޖިލީހުގެ އުމުރާ ނުކެޅެވޭނެ ގޮތައް ކަމަށާއި އެއީ އުމުރު ކުރު ކުރުމަށްވުރެ ބޮޑަށް  މުއްދަތު އިތުރު ކޮށްފާނެތީ އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.
އަދި މިއީ ދެ އިންތިހާބު އެއްކުރަނީ ނޫންކަމަށާއި ފެންނަ ނުފެންނަ ވޯޓުން ފާސްވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް އަދި ރިޔާސީ ކެންޑިޑޭޓަށް ވޯޓްލުމުގެ ފުރުސަތުވެސް  ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ