މައުރޫފްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު އެމްޑީޕީން ބޭއްވި "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ)ގެ މައްޗަށް ދައުވާކުރަން ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މައުރޫފްގެ މައްޗަށް ކުރަނީ ޣައިރު ޤާނޫނީ އެއްވުމެއް ރޫޅާލަން އުޅޭ މީހާ އަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
އެގޮތުން މައުރޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ގާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމާއި، ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކާތްތެރިވެ، ފުލުހުންގެ ދައުރު އަދައިކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުވާ މައްސަލައާ ގުޅިގެންނެވެ.
މައުރޫފްގެ އިތުރުން އެ މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ އިތުރު ދެ އެކްޓިވިސްޓަކަށް ވެސް ދައުވާކުރަން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
މި މުޒާހަރާގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އާލާތްތަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި ޖުމްލަ އަށް މީހަކު ހައްޔަރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ