އެސް26 އަލްޓްރާގެ ކުލަތަކާއި ކެމެރާގެ ތަފްސީލުތަކެއް ލީކުވެއްޖެ

ސެމްސަންގް ގެލެކްސީ އެސް26 އަލްޓްރާގެ ކުލަތަކާއި ކެމެރާގެ ތަފްސީލުތަކެއް ލީކުވެއްޖެއެވެ. ސެމްސަންގުން 2026 ވަނަ އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ "ގެލެކްސީ އެސް26 އަލްޓްރާ" ފޯނާ ބެހޭ ގިނަ މައުލޫމާތުތަކެއް އާންމުވެފައިވާއިރު، މީގެ ތެރޭގައި ފޯނު ލިބެން ހުންނާނެ ކުލަތަކާއި ކެމެރާ ސިސްޓަމަށް އަންނަ ބޮޑެތި ބަދަލުތައް ހިމެނެއެވެ. ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ ވަސީލަތްތަކުން ބުނާ ގޮތުގައި މި ފޯނު މައިގަނޑު ހަތަރު ކުލައަކުން ލިބެން ހުންނާނެ ކަމަށް ބެލެވެއެވެ. އެއީ ރިހި ކުލަ، ކަޅު، ނޫ އަދި ރަން ކުލައެވެ. މި ފަހަރުގެ މޮޑެލްގައި ކުލަތަކަށް ނަން ދިނުމުގައި ސެމްސަންގުން ބޮޑު ބަދަލެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުރީގެ މޮޑެލްތަކުގައި ކުލައިގެ ނަމުގެ ކުރިއަށް ބޭނުންކުރާ "ޓައިޓޭނިއަމް" މި ލަފުޒު އުނިކޮށް، މާކެޓިންގައި ހަމައެކަނި ކުލައިގެ ނަން ބޭނުންކުރުމަށް އެ ކުންފުނިން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކެމެރާގެ ފެންވަރު މަތިކުރުމުގެ ގޮތުން މި ފޯނުގައި 200 މެގަޕިކްސެލްގެ މައި ކެމެރާއެއްގެ އިތުރުން 50 މެގަޕިކްސެލްގެ އަލްޓްރާ-ވައިޑް ކެމެރާއެއް ހިމެނޭނެއެވެ. މިއީ ފޮޓޯތަކުގެ ސާފުކަން އިތުރުކުރުމަށް ގެނެވޭ މުހިންމު ބަދަލެކެވެ. https://sun.mv/215663 މީގެ އިތުރުން ފޯނުގެ ޒޫމް ކެމެރާތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ގެނެސްފައެވެ. އެގޮތުން 3އެކްސް އޮޕްޓިކަލް ޒޫމް އަދި 5އެކްސް އޮޕްޓިކަލް ޒޫމް ދޭ ދެ ކެމެރާވެސް މިފަހަރު ހުންނާނީ 50 މެގަޕިކްސެލްގެ ފެންވަރުގައެވެ. މިއީ ކުރީގެ މޮޑެލްތަކުގައި ހުރި 10 މެގަޕިކްސެލްގެ ސެންސަރުތަކާ އަޅާބަލާއިރު ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. ފޯނުގެ ބާރުގަދަ ކުރުމަށްޓަކައި ކުއަލްކޮމްގެ އެންމެ ފަހުގެ "ސްނެޕްޑްރެގަން 8 އެލީޓް" ޕްރޮސެސަރު ބޭނުންކުރާނެ ކަމަށް ބެލެވޭއިރު، މީގެ ސަބަބުން ފޯނުގެ ސްޕީޑާއި އާޓިފިޝަލް އިންޓެލިޖެންސްގެ މަސައްކަތްތައް ކުރިއަށްވުރެ ބޮޑަށް ހަލުވިވެގެންދާނެއެވެ. ކުރީކޮޅު ކަމަށް ބެލެވުނު ނަމަވެސް، މިހާތަނަށް ލީކުވެފައިވާ މި މައުލޫމާތުތަކަށް ސެމްސަންގް ކުންފުނިން ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ